ކ. މާލެ
|
16 ޑިސެންބަރ 2021 | ބުރާސްފަތި 11:09
މާލޭގެ މަގުމަތި،
މާލޭގެ މަގުމަތި،
އަތޫފް އާތިފް
ކޮވިޑް އިމްޕެކްޓް ސަރވޭ
ކޮވިޑް އިމްޕެކްޓް ސަރވޭގެ ދެވަނަ ބުރު ފަށައިފި
 
މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑު މަސައްކަތެއް
 
މިމަހުގެ 23ގެ ނިޔަލަށް ސަރވޭ ކުރިއަށް ގެންދާނެ
 
މި ސަރވޭ ކުރިއަށް ގެންދަނީ ފޯނުން

ކޮވިޑް އިމްޕެކްޓް ސަރވޭގެ ދެވަނަ ބުރު ފަށާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

މޯލްޑިވްސް ބިއުރޯއިން ބުނީ 2020/2019ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" އާއި 2019ގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު މާރޗް މަހުގައި ކުރިއަށް ގެންދެވުނު "ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ގެ 2 ވަނަ ބުރުގެ ސަރވޭ މި ޑިސެމްބަރ މަހު ކުރިއަށް ގެންދެވޭނެއެވެ.

މި ސަރވޭ ކުރެވޭނީ މިއަހަރު މާރޗް މަހުގައި ކޮވިޑް އިމްޕެކްޓް ސަރވޭ ކުރެވިފައިވާ 600 ގޭބިސީއަށް ކަމަށާއި، މި 600 ގޭބިސީއަކީ 2019 ގައި ކުރެވިފައިވާ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ ތެރެއިން ހޮވިފައިވާ ގޭބިސީތަކަށެވެ. ފޯނު މެދުވެރިކޮށް ކުރިއަށް ގެންދާ މި ސަރވޭގައި ގުޅަމުންދާނީ އެ ބިއުރޯގެ ނަންބަރު 1423 އިންނެވެ.

މޯލްޑިވްސް ބިއުރޯއިން ބުނީ މިސަރވޭ ކުރުމަށް ޑިސެމްބަރު 16 އިން 23 އާ ހަމައަށް ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30ން 18:00 އާއި ދެމެދު މައުލޫމާތު ނެގުމަށް ގުޅަމުން ގެންދާނެ ކަމަށެވެ.

މިސަރވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު 2021"ގެ ދަށުން ހުއްދަ ލިބިގެން ކުރެވޭ ސަރވޭއެކެވެ. މޯލްޑިވްސް ބިއުރޯއިން ބުނީ މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ މައުލޫމާތު ކަމަށެވެ. މިގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.

މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑު މަސައްކަތަކަށް ވުމާ އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް މޯލްޑިވްސް ބިއުރޯއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް