ކ. މާލެ
|
8 އޮކްޓޯބަރ 2021 | ހުކުރު 15:41
ޔޫޓިއުބު- އެ ކުންފުނިން ގެންދަނީ ޕޮލިސީ އިތުރަށް ފުޅާ ކުރަމުން
ޔޫޓިއުބު- އެ ކުންފުނިން ގެންދަނީ ޕޮލިސީ އިތުރަށް ފުޅާ ކުރަމުން
ރާއްޖެއެމްވީ
ޔޫޓިއުބް ކޮންޓެންޓް
ވެކްސިން ޖެހުމާ ދެކޮޅު ފަރާތްތަކުގެ ކޮންޓެންޓުތައް ޔޫޓިއުބުން ނަގަނީ
 
ޓްރަޔަލްތަކުގެ މައުލޫމާތާއި، ވެކްސިނާ ގުޅޭ ތާރީޚީ ވީޑިއޯތައް ޔޫޓިއުބުގައި ބަހައްޓާނެ
 
އެފަދަ ކޮންޓެންޓުތައް ގެނެސްދޭނަމަ އެމީހެއްގެ އެކައުންޓު ވެސް ރަސްމީކޮށް ބަންދު ކުރާނެ
 
ދާދި ފަހުންވެސް ވަނީ އެފަދަ 130،000 ވީޑިއޯ އެ ޕްލެޓްފޯމުން ނަގާފައި

ވެކްސިން ޖެހުމާ ދެކޮޅު ހަދައި އެކަމާ ގުޅޭ މައުލޫމާތުތައް ޔޫޓިއުބަށް ލާފައިވާނަމަ، އެ މައުލޫމާތުތައް ނެގުމަށް ޔޫޓިއުބުން ނިންމައިފިއެވެ.

ޔޫޓިއުުބުން އެހެން ބުނެފައިވަނީ ވެކްސިން ޖެހުމުގެ ސަބަބުން އޯޓިޒަމާއި، ކެންސަރާއި، ދަރިމައިނުވުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ބުނެ ޔޫޓިއުބުގައި އެފަދަ މައުލޫމާތުތައް އާންމުކޮށް، ނުރަނގަޅު މައުލޫމާތުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ވެކްސިނާ ގުޅޭގޮތުން ސައްޙަނޫން މައުލޫމާތު ފޯރުކުރާއިރު ވެސް ސޯޝަލް މީޑިއާ ވެބްސައިޓުތަކުން އެކަމަށް ހަރުދަނާ ފިޔަވަޅުތައް ވެސް އަޅަމުން ނުދާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫޓިއުބާ ޙަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުން ވެކްސިން ޖެހުމަށް ދެކޮޅު ހަދައި އެފަދަ ކޮންޓެންޓުތައް ގެނެސްދޭނަމަ އެމީހެއްގެ އެކައުންޓު ވެސް ރަސްމީކޮށް ބަންދު ކުރާނެއެވެ.

ގޫގަލްގެ ބެލުމުގެ ދަށުން އުފައްދާފައިވާ ޔޫޓިއުބުން ދާދި ފަހުން ވެސް ވަނީ އެފަދަ 130،000 ވީޑިއޯ އެ ޕްލެޓްފޯމުން ނަގާފައެވެ. އަދި އެފަދަ މައުލޫމާތު ފެތުރުން މަނާކޮށް އެންގުމެއް ވެސް ވަނީ އަންގާފައެވެ. އަދި އައު ޕޮލިސީގައި ވެސް އެ މައުލޫމާތުތައް ހިމަނާފައިވާއިރު، މި ޕޮލިސީ އިތުރަށް ފުޅާކޮށް، ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް އިތުރަށް ބާރު އަޅާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އޭގެ އިތުރުން، މީހުންގެ އަމިއްލަ ތަޖުރިބާގެ ވާހަކައާއި، ވެކްސިނާ ގުޅޭ ސިޔާސަތުތަކާއި، އައު ވެކްސިންތަކުގެ ޓްރަޔަލްތަކުގެ މައުލޫމާތާއި، ވެކްސިނާ ގުޅޭ ތާރީޚީ ވީޑިއޯތައް ޔޫޓިއުބުގައި ބަހައްޓާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް