ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 20:10
އެގްރިމެންޓްތަކުގައި ޖުލައި މަހުގެ 14ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައި
އެގްރިމެންޓްތަކުގައި ޖުލައި މަހުގެ 14ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައި
ރާއްޖެއެމްވީ
ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފެށުން
ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް މަދުވެގެން 9 މަސް ދިނުމަށް މޭޔަރ އެދިވަޑައިގެންފި
 
އެގްރިމެންޓްތަކުގަ ޖުލައި މަހުގެ 14ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައި
 
މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައި
 
މިހާރު ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ދީފައިވަނީ 3 މަސްދުވަސް

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު 9 މަހަށް އިތުރުކުރުމަށް މާލެ ސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މުޢިއްޒުކުރެއްވި ޓުވީޓެއްގައިވަނީ މި މަސައްކަތަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު 9 މަހަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގައި އެދިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

މޭޔަރގެ ޓުވީޓްގައި ވަނީ ހިޔާ މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ ހައުސިން ޔުނިޓްތަކުގެ ފިނިޝިންގގެ އެއްވެސް މަސައްކަތެއް ނުހިމެނޭގޮތަށް ކަމުގައިވާއިރު، މި މަސައްކަތް ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ކުރަންޖެހުމުން މިކަމަށް 3 މަހަކީ އެކަށޭނަ މުއްދަތެއް ނޫންކަމަށެވެ. މި ސަބަބަށްޓަކައި މި މަސައްކަތަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު 9 މަހަށް އިތުރުކުރުމަށް ބަދަލުގެނައުމަށް ހުށަހެޅުއްވީ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިންކަމަށެވެ.

ހިޔާ ހައުސިން މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން މިހާރު އެންމެ ބޮޑު އިންތިޒާރެއް ކުރަމުންދަނީ ހައުސިންގ ޔުނިޓްތަކަށް ވަދެވޭނެ ދުވަހަކަށް ކަމުގައިވާއިރު، މި ޔުނިޓްތަކުގައި ދިރިއުޅެން ފެށޭނީ އެގްރިމެންޓްގެ މަސައްކަތާއި އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށްފަހުއެވެ. ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދެނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ އެގްރިމެންޓްތަކުގައި ޖުލައި މަހުގެ 14ވަނަ ދުވަހު ސޮއިކުރަން ފަށާނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ހިޔާ ހައުސިންގ ޔުނިޓްގެ އައު ތަފްސީލުތަކެއް ރައީސް އޮފީހުން ދާދިފަހުން ވަނީ އާންމުކުރައްވާފައެވެ. ހިޔާ ފުލެޓްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ޕްރޮޖެކްޓް އިއުލާން ކުރުމުން މި ޕްރޮޖެކްޓަށް 5 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުންނާއި، އަދި ޗައިނާގެ އެހެން ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި މިހާރު ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ފަރާތްތައް ނޫން ދެންތިބި ފަރާތްތަކުން ޕްރޮޕޯސަލް އަގުކޮށްފައިވަނީ ޔުނިޓަކަށް 50،000 ޑޮލަރާ 52،000 ޑޮލަރާ ދޭތެރޭގެ އަގެއް ކަމަށާއި، ނަމަވެސް ހަވާލުކުރެވުނު ކުންފުންޏާއި ހަވާލު ކުރެވުނީ 62،000 ޑޮލަރަށް ކަމަށެވެ.

މަބްރޫކް ވަނީ މި ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކަކީ މިއަށްވުރެ ފެންވަރު ރަނގަޅު ރައްޔިތުން ހިތްހަމަޖެހޭނެ ފްލެޓްތަކަކަށް ހަދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މަބްރޫކް ވިދާޅުވީ މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި އެންމެ ކުޑަ އެޕާޓްމެންޓެއްގައި ވެސް 650 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ހިޔާ ފުލެޓުގައި ހިމެނެނީ 580 އަކަފޫޓުގެ ޔުނިޓްތަކެއް ކަމަށާއި، އަގުވެސް ކޮށްފައި ހުންނަނީ 580 އަކަފޫޓުގެ ޔުނިޓްތަކަށް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން 2 ކޮޓަރީގެ އެޕާޓްމަންޓެއް ފިނިޝިންއާއެކު އަރަނީ 45،000 އާއި 47،000 އާއި ދެމެދުގެ އަގުތަކެއް ކަމަށާއި އެކަންކަން ނުކޮށް އެއަށްވުރެ ކުޑަ ޔުނިޓް ހިޔާ މަޝްރޫއުގައި ހަދަން ހަވާލުކުރީ 62،000 ޑޮލަރަށް ޔުނިޓެއްގެ ރޭޓުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މި ސަރުކާރުން 3 ކޮޓަރީގެ އެޕާޓްމަންޓް (750 އަކަފޫޓަށްވުރެ ބޮޑުކޮށް) ހަދަން ހަވާލުކުރުމުން އެއިން ޔުނިޓަކަށް ވެސް އަރަނީ 62،000 ޑޮލަރާ 66،000 ޑޮލަރާ ދޭތެރޭގެ އަގެއްކަމަށެވެ. އަދި މިއީ ކުރީ ސަރުކާރުން 2 ކޮޓަރީގެ 580 އަކަފޫޓްގެ ޔުނިޓެއް ހަދަން ހަވާލުކުރި އަގުކަމަށް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
މަދިރި ކޮންޓްރޯލްކުރުމަށް ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފި