ކ. މާލެ
|
17 އޭޕްރިލް 2021 | ހޮނިހިރު 15:21
ޗައިނާ- މިހާތަނަށް ޗައިނާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 90،483
ޗައިނާ- މިހާތަނަށް ޗައިނާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 90،483
ރޮއިޓަރސް
ޗައިނާއިން ކޮވިޑް-19 ކޭސް ރިޕޯޓު ކުރުން
ޗައިނާއިން އިތުރު 15 މީހަކު ޕޮޒިޓިވްވެއްޖެ
 
ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަނަން ފަށާފައި ވަނީ ޗައިނާގެ ވޫހާން އިން
 
ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 11 މީހެއްކަމަށް ރިޕޯޓުތައް ބުނޭ
 
ޔުނާން ޕްރޮވިންސުން މާރޗް މަހުގެ ތެރޭގައި ވަނީ ކޮވިޑުގެ އިތުރު ކްލަސްޓަރ އެއްވެސް ފެނިފައި

ކޮވިޑް-19 ގެ ކޭސްއެއް ފުރަތަމަ ރިޕޯޓު ކުރެވުނު ޗައިނާއިން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް އޮތޯރިޓީއާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ޗައިނާއިން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިއީ އޭގެ ކުރީ ދުވަހަށްވުރެ އިތުރު އަދަދެކެވެ.

ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. ހެލްތް އޮތޯރިޓީން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކޭހަކީ ޔުނާން ޕްރޮވިންސުން ފެނިފައިވާ ކޮމިއުނިޓީ ސްޕްރެޑް ކޭހަކަށް ވެދާނެއެވެ. ޔުނާން ޕްރޮވިންސުން މާރޗް މަހުގެ ތެރޭގައި ވަނީ ކޮވިޑުގެ އިތުރު ކްލަސްޓަރ އެއްވެސް ފެނިފައެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަނަން ފަށާފައި ވަނީ ޗައިނާގެ ވޫހާން އިންނެވެ. އެގޮތުން މިހާތަނަށް ޗައިނާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 90،483 އެވެ. ނަމަވެސް އެ ގައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަށް ބަދަލެއް ނާދެއެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4636 ގައި ހިފެހެއްޓިފައެވެ.

ޗައިނާއިން ގެންދަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިނޭޝަން ޕްރޮގްރާމްވެސް ފުޅާކޮށް ހިންގަމުންނެވެ. ސިނޯވެކްގެ ކޮވިޑް ވެކްސިނަށް ހުއްދަދީފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ހުއްދަދީފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ޗައިނާ ނޭޝަނަލް ފަރމަޝޫޓިކަލް ގްރޫޕް ކަމުގައިވާ ސިނޯފަރމް އިން އުފައްދާފައިވާ ވެކްސިނަށެވެ. މި ދެ ވެކްސިން އެކި ގައުމުތަކަށް ފޯރުކޮށްދެމުން ގެންދާއިރު، ގިނަ ގައުމުތަކުން މިހާރު މި ވެކްސިންގެ ޑޯޒުތައް ޖަހަމުން ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް