ކ. މާލެ
|
8 މާރޗް 2021 | ހޯމަ 21:02
2،000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ސޮއިކުރުން
2،000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ސޮއިކުރުން
ޝުރުފާ މުހައްމަދު
ބޯހިޔާވަހިކަމުގެ މަޝްރޫއު
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2،000 ފްލެޓު އެޅުމުގެ މަޝްރޫއުއެއްގައި ސޮއިކޮށްފި
 
މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް
 
ތިން އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުއަށް 137 މިލިއަން ޑޮލަރު ހޭދަވާނެ
 
އެ މަޝްރޫއުގައި ހިމެނޭނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 އެޕާޓްމެންޓް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ 2،000 ފްލެޓު އެޅުމުގެ މަޝްރޫއެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާއިއެކު ސޮއިކޮށްފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުގައި އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް ކައްރި ސުދާކަރަ ރެޑީއެވެ.

އެ ކުންފުނިން ބުނިގޮތުގައި އެ މަޝްރޫއުގައި ހިމެނޭނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 އެޕާޓްމެންޓެވެ. ތިން އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއުއަށް 137 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބުންޏެވެ. އަދި މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަޝްރޫތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު މި އަހަރު ތެރޭގައި 5،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެކަމަށް ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން އެޕޯލޯއާ ހަވާލުކޮށްފައިވާ 1،000 ފްލެޓާއި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ 2،000 ފްލެޓުގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށް 350 ފްލެޓް ހަވާލުކޮށް މަަސައްކަތް މިހާރު ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އަމާޒުހިފާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު މިހާރު ފެށިފައިވާ މަޝްރޫއުތަކުގެ އިތުރަށް މި އަހަރު ނިމެންވާއިރަށް އިތުރު 5،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ސޮއިކުރި 2،000 ފެލްޓުގެ އިތުރަށް އިތުރު 2،000 ޔުނިޓެއް އިންޑިއާގެ އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން 2،000 ހައުސިން އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރަށް ޗައިނާގެ ދެ ކުންފުންޏަކަށް 1،700 އަދި 1،300 ހައުސިން ޔުނިޓުގެ ދެ މަޝްރޫއެއް ހަވާލުކުރަން މަސައްކަތްކުރާ ކަމަށާއި އެޗްޑީސީންވެސް 115 ހައުސިން ޔުނިޓުގެ މަސައްކަތް ޓެންޑަރ ކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް ފަށަމުންދާއިރު، ފްލެޓުތައް ދޫކުރުމުގެ އުސޫލަށްވެސް ސަރުކާރުން އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ކޮންމެ ވަޒީފާއެއް އަދާކުރިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ކަނޑައަޅާ ފްލެޓު ދޫކުރުމުގެ ޑްރާފްޓެއް ތައްޔާރުކޮށްފައިވާއިރު އެއަށް އާންމުންގެ ހިޔާލު ހޯދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. އަދި މި ސަރުކާރުގެ ބޯހިޔަވާހިކަމުގެ މަޝްރޫގެ ދަށުން އަޅާ ފްލެޓުތަކަށް އަންނަ އަހަރު ފަހުކޮޅު ވަދެވެން ފަށާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
57%
0%
29%
0%
14%
ކޮމެންޓް
ގުޅުންހުރި
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
ފްލެޓް ދޫކުރާނީ މިނިވަން ކޮމިޓީއެއް އެކުލަވާލައިގެން، އަންނަ ހަފުތާގައި ފުލެޓްތައް ހަވާލުކުރަން ފަށާނަން - ހައިދަރު
ފްލެޓު މައްސަލައާ ގުޅިގެން ރައްޔިތުން އެއްވާ އެއްވެސް ދުވަހެއްގައި މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުލިބޭ
ފްލެޓު މައްސަލައާ ގުޅިގެން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ރައްޔިތުން ހައުސިން މިނިސްޓްރީއަށް
ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު ހިންގާ ޖިނާއީ ތަހުގީގު މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލަން މަސައްކަތް ކުރަނީ
ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދަނީ ތައްޔާރުވަމުން: އެފްޑީސީ
ގޯތި އަދި ފްލެޓުގެ މައްސަލަ - އޭސީސީ އާއި ހައުސިން މިނިސްޓްރީން އެކަން ޖަހަނީ އެއްބަޔަކު އަނެއްބަޔަކުގެ ބޮލަށް!
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް