ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 08:35
މަހާ ޖައްރާފު ދުވާފަރު ކައިރީގައި ބަނދަރުކޮށްފައި
މަހާ ޖައްރާފު ދުވާފަރު ކައިރީގައި ބަނދަރުކޮށްފައި
އެމްޓީސީސީ
ރ. ދުވާފަރު ބިންހިއްކުމުގެ މަސައްކަތް
މަހާ ޖައްރާފު ބަނދަރުކުރުމާއެކު، ދުވާފަރު ރައްޔިތުންގެ 13 އަހަރުގެ ދިގު އިންތިޒާރު ނިމުމަކާ ދިމާލަށް
 
ރ. ދުވާފަރަކީ 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ކަނދޮޅުދޫ މީހުން އާބާދުވުމަށް އަލުން ތަރައްޤީކުރި ރަށެއް
 
މަހާ ޖައްރާފު ބަނަދަރުކުރުމަށް އައުމުން އެމްޓީސީސީ ޓީމުގެ މެމްބަރުންނަށް ދުވާފަރު ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައި
 
ޖުމުލަ 54 މިލިއަންގެ މި މަޝްރޫޢު ހިންގުމަށް ދައުލަތުން މިއަހަރުގެ ބަޖެޓުގައި 32 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައި

ރ. ދުވާފަރު ބިންހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި މަހާ ޖައްރާފު އެ ރަށުގައި ބަނދަރުކޮށްފިއެވެ.

ދުވާފަރު ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ދުވާފަރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށާނެކަމަށް ބުނެފައެވެ. ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާރވޭ އާއި، ޑިޒައިން ކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް މިހާރު ވަނީ ހަދާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުން ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ ބިން ނެތް ރަށްރަށުގެ ބިން ހިއްކައި، ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވެހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ރ. ދުވާފަރަކީ 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ކަނދޮޅުދޫ މީހުން އާބާދުވުމަށް އަލުން ތަރައްޤީކުރި ރަށެވެ. ރ.ކނދޮޅުދޫ މީހުންނަށް ދުވާފަރުގައި ދާއިމީ ބޯހިޔާވަހިކަމެއް ޤާއިމުކޮށް، އެރަށަށް މީހުން ބަދަލުކޮށްފައިވަނީ 2008ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މީހުން އާބާދުކުރިތާ މިއަހަރަށް 13 އަހަރު ފުރޭއިރު ރ. ދުވާފަރުގެ މިހާރުގެ އާބާދީ 3000އަށް އަރައެވެ. އާބާދީ ބޮޑުވެ ދުވާފަރަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު ދަތިކަމަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ކަމުގައިވާއިރު، ބިން ފުރިފައިވުމުގެ ސަބަބުން ރަށުން އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވަނީ ހުރަސްއެޅިފައެވެ. މީގެ އިތުރުން ރަށުގައި އާ ވިޔަފާރިތައް ފެށުމާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސް އެޅިފައެވެ.

މި މައްސަލަތައް ހައްލުކުރުކަމުގެ ގޮތުން ދުވާފަރުގައި ކުރިއަށް ގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި 6 މަޝްރޫޢުއެއް ހިމަނާފައިވާއިރު، މިގެތެރެއިން ރަށުގެ ރައްޔިތުންގެ އުއްމީދާ އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫޢުއަކީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތެވެ. މި މަސައްކަތަކީ މީގެކުރިން އެތައް ފަހަރެއްގެ މަތިން ބަޖެޓުކުރިނަމަވެސް، ޢަމަލީ މަސައްކަތް ނުފެށި އޮތް މަސައްކަތެކެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ދުވާފަރު ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބިންހިއްކުމަށް ގެންގުޅޭ ޑްރެޖަރ މަހާޖައްރާފު އެ ރަށުގައި ބަނދަރުކޮށްފައެވެ. މިއާއެކު އެ ރަށުގެ ރައްޔިތުންނަށް ފޮނި އުންމީދުތަކެއް އައު ވިއިރު މަހާ ޖައްރާފު ބަނަދަރުކުރުމަށް އައުމުން އެމްޓީސީސީގެ ޓީމުގެ މެމްބަރުންނަށް އެ ރަށު ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އެމްޓީސީސީއިން މަޢުލޫމާތުދޭގޮތުގައި، ދުވާފަރު ފަޅުން 22.2 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެކްޓަރެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ. ޖުމުލަ 54 މިލިއަންގެ މި މަޝްރޫޢު ހިންގުމަށް ދައުލަތުން މިއަހަރުގެ ބަޖެޓުގައި 32 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
38%
50%
0%
0%
0%
13%
ކޮމެންޓް
8 މާރޗް 2021 | ހޯމަ 20:14
ޥަަހުު
ކޮބާތޯބާކީތިބިމީހުންމިއީއެކަމަކުވަކިދާއިރާއެއް
ގުޅުންހުރި
ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މުއިއްޒުގެ މޭސްތިރިކަމުގައި ފެށި ވިލިމާލޭ ބަގީތައް އުވިގެންދިޔަ ގޮތުގެ ވާހަކަ އެނގޭތަ؟
ހުއްޓުވާފައި އޮތް ފީއަލީގެ ބިން ހިއްކުމުގެ މައްސަލަ: އިތުރަށް ނުހިއްކައި، ހިއްކާފައި އޮތް ބައި ދޫކޮށް ރިވެޓްމެންޓް ޖަހަނީ އެއްގަމުން އެތެރޭގައި!