ކ. މާލެ
|
28 ފެބްރުއަރީ 2021 | އާދީއްތަ 00:31
އިންޑިއަން ހައިކޮމިޝަން ފާރުމަތިން އާންމުންގެ މީހަކު އަރަން ފުލުހުން އެހީވުން
އިންޑިއަން ހައިކޮމިޝަން ފާރުމަތިން އާންމުންގެ މީހަކު އަރަން ފުލުހުން އެހީވުން
ޓްވިޓަރ
އިންޑިއަން އެމްބަސީ ފާރުމަތިން މީހަކު އެރުވުން
އިންޑިއާ ހައި ކޮމިޝަންގެ ފާރުމަތިން އެރުވީ ބޭރުގައި ތާށިވި މުވައްޒަފެއް: ފުލުހުން
 
ހައި ކޮމިޝަން ބޭރުގައި އާންމުން ކިއު ހަދަން ފެށީ ވިސާ އެޕްލިކޭޝަން އަށް ނަމްބަރު ލިބުމުގައި ދަތިތައް ދިމާވެގެން
 
އެމީހާ ބޭރުގައި ތާށިވީ ކިއު ދިގުވެގެން

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަންގެ ފާރުމަތިން އެތާ ތެރެއަށް ވަނުމަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނީ އެތަނަށް ނުވަދެވި ހުރި ތަނުގެ މުވައްޒަފަކަކަށް ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހައި ކޮމިޝަންގެ ފާރުމަތިން ފިރިހެނެއް އަރަން އެހީ ވަނީ ޔުނީފޯމުގައި ތިބި ތިން ފުލުހުންނެވެ. އޭގެ ތެރެއިން ދެ ފުލުހެއްގެ އަތް ދަނޑިމަތީގައި ފައި ވިއްދާ އެމީހާ ފާރުމަތިން އަރާއިރު ތިން ވަނަ ފުލުސް މީހާ ހުރީ ގާތުގައި ބަލާށެވެ.

ފުލުހުން "ރާއްޖެ އެމްވީ" އަށް ބުނީ، އެމީހާ އަކީ ހައި ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ. އަދި އޭނާ އެގޮތަށް ވަންނަން ޖެހުނީ ކިއު ދިގުވެ ތަން ބަންދުވި އިރު ބޭރުގަިއ ތާށިވުމުން ކަމަށާއި، ފުލުހުން އެހީވީ ވަންނާނެ އިތުރު ގޮތެއް ނެތިގެން އެހީއަށް އެދުމުން ކަމަށެވެ.

ހައި ކޮމިޝަން ފާރުމަތިން މީހަކު އެރުމަށް ފުލުހުން އެހީވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާއިރު، އިންޑިއާ އަށް ދާން ވިސާ އަށް އެދޭ ފޯމު ހުށަހަޅަން ނަމްބަރު ލިބުމުގައި ދަތިތަކެއް ދިމާވެ އާންމުން ވަނީ ރޭގަން ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ފޯނު މެދުވެރިކޮށް ނަމްބަރު ދޫކުރުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވެއެވެ. އެކަމަކު އަދިވެސް އާންމުންގެ ކިއުތަކަށް ބަދަލެއް ނާދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
38%
20%
5%
12%
19%
6%
ކޮމެންޓް
3 މާރޗް 2021 | ބުދަ 00:59
ކިނބޫ
ހަމަޖެހޭ ވާހަކައެއް ދައްކައިގެން ގޮތެއް ވޭތޯ ބަލާބަލަ. އަތްދަނޑިމަތީ ފާރުމަތިންތަ ފުލުހުންނަށް އޭނަ ވެއްދޭނީ؟ ކިޔު އޮތަސް އެތަނަށް ކޮންމެހެން ވަންނަންޖެހޭ މީހަކު ވަންނަން މަގު ހަދައި ޖާގަ ލިބޭގޮތް ފުލުހުންނަށް ހަމަޖެއްސޭނެ. ކަލޭމެން ބާގައި ބޮލުރޮދިންނަށް ކިޔައިދިން ވާހަކައެއް އޮތަ؟ ގައިމު ގަމަބުއްދިވާ މީހަކު ގަބޫލު ކުރާނެ ވާހަކައެއް ނޫން ތިދެއްކީއަކީ.
28 ފެބްރުއަރީ 2021 | އާދީއްތަ 13:24
ސަމީރު
If so call and tel to open not to do this type things
28 ފެބްރުއަރީ 2021 | އާދީއްތަ 10:06
Denvele
ކިއު ދިގުވީމަ އިންޑިއާ ހައިކޮމިޝަނުން އެތާނގެ މުވައްޒަފެއްވެސް ނުވެއްދީ
28 ފެބްރުއަރީ 2021 | އާދީއްތަ 09:39
އަހަރެން
ކިއު އެހާ ދިގު އިރު އެމީހާ ނިކުތީ ކިހިނެއް؟ ނިކުތްގޮތަށް ވަންނަންވެސް ޖެހޭނީ ދޯ، ތިކަހަލަ ތަންތަނުގެ ސެކިއުރިޓީން ތިވައްތަރު ޖައްސާނަމަ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ކަހަލަ އިތުބާރެއް ނެތެއްނުން... މުވައްޒަފަކު ވިޔަސް ވަންނަން ޖެހޭނީ ރަސްމީ ދޮރުން... އޭނަ ބޭރުގައި ބޭނުން ވަގުތަކު ހުރެފައި ނިދަންވީމަނުން ވަންނަން ޖެހޭނީ... ވަރަށް ސަލާމް
28 ފެބްރުއަރީ 2021 | އާދީއްތަ 06:46
ވަރަބިދުނުކޮތަރު
އެމީހަކު ބޭރުގަ ވާކަށްއެގޭއިރު ކީއްވެގެންތަ ތަން ބަންދު ކުރީ ؟ ދެން ލިޔެބަލަ ދިވެހި ފުލުހުންގެ އަތްދަޑިމަތިން ފާރުމައްޗަށްއަރާ ތަނަށް ވަންނަށް ބޭނުން ވެގެންނޭ ތެދަކަށްވާނީއޭރުން . ހާދަ ދަށުކޮއްލާ ، ދަށްކޮއްލައިގެން ދިވެހިރައްޔިތުންނަށް އުޅޭން ޖެހިފަމިވަނީ .