ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 14:35
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި
ރާއްޖެ އެމްވީ
ދިވެހި ކަނޑުތައް ދިފާއުކުރުން
ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
 
ރާއްޖޭގެ އިގްތިޞާދާއި މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ބޮޑު ކަނޑުގެ ސަރަހައްދު ހިމާޔަތްކުރަންޖެހޭ
 
ބޭރުގެ އަސްކަރިއްޔާތަކާ އެކު ރާއްޖެއިން އަބަދުވެސް ގުޅުން ބަދަހި ކުރޭ

ދިވެހިރާއްޖޭގެ ގުދުރަތީ ގޮވަތީގެ ގޮތުގައި ދުނިޔެއިން ލިބިފައިމިވާ ސަރަޙައްދާ ޖާގައަކީ ހުރިހާ ޒަމާނެއްގައި ވެސް ދުނިޔޭގެ ކާރޫބާރު ބޮޑު މުހިންމު ސަރަހައްދެކެވެ. 

އިންޑަސްވެލީގެ ގަދީމީ ޙަޟާރަތު ރޫޅެމުން ދިޔަ ދިއުމުގެ ތެރޭން މިރާއްޖޭގައި އިންސާނީ ދިރުން އާބާދުވެ ފުޅާވާން ފެށިއެވެ.

ދުނިޔޭގެ ދެބައި ދަނޑި ކަމަށްވާ އީކުއޭޓަރ ހުރަސްކޮށް އުތުރުން ދެކުނަށް ދެމިފައިވާ ދެވަނައެއް ނެތް ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ގައުމަކީ ދިވެހިރާއްޖެއެވެ.

އުތުރުން އިން ވެގެން އޮތް އިންޑިއާ ބައްރާއި ތިލަދުންމަތީ ތުރާކުނު ބޮލިހުރާ ކޮޅާދެމެދު އޮތީ ބައިނަލް އަޤުވާމީ މާކަނޑުގެ އެންމެ ބޮޑު އެއް ރަސް އޮނގޮޅިއެވެ. އެއީ ދުނިޔޭގެ ނިޔަމިކަމުގެ ތާރީޚްގެ ފެށުމުގައި ވެސް ފަލަ އަކުރުން ބާޔާން ކުރަމުން އަންނަ މަޝްހޫރު އެއިޓް ޑިގްރީ ޗެނަލްއެވެ.

ފަހުގެ ތާރީޚު ދުށް ހަނގުރާމަތަކުގެ ހޫނު އެންމެ ގަދަވާ ހިނދު އިރުމަތީ އޭޝިއާގައި ދުނިޔޭގެ ބާރުތަކުން ރެދަލި ކުރާ އަސްކަރީ ފްލީޓްގެ މަދަދަށް ބައެއް ފަހަރު ގޮވާލެވެއެވެ. އެހިނދު ހަނގުރާމަ ހިނގާ ސަރަހައްދަށް ރާއްޖެ ހުރަސްކޮށް ދަތުރުކުރާ އެއަރކްރާފްޓް ކެރިއަރ ފަދަ ބިލާދަރު އަސްކަރީ މާރިދުން އުދަރެސް ބައްދާ އަރައިގެން އާދެއެވެ. 

އިހަވަންދިއްޕޮޅުގެ އިރުމަތީ ބިތުގެ ރަށްތަކުގެ މަތިން ބަސްބުނާ ހިނދު ލޯތަކަށް ގެއްލޭ ބާރު ދުވެލީގައި އެ އެތިފަހަރު ގޮސްއޮބާލަނީ އެސަރަހައްދު ހުރަސްކޮށެވެ.

އިއީ ރާއްޖޭގެ އެންމެ އުތުރެއެވެ. ދެކުނަށް ދެމިގޮސް ފުވައްމުލަކާއި އައްޑޫގެ ދެމެދުން ދުނިޔޭގެ މެދު ދަނޑި ހުރަސްވާ ޒީރޯ ޑިގްރީގެ ދެކުނަށްވެސް ދެމިގެން ވަނީ ހަމަ މި ދިވެހިރާއްޖެއެވެ. ސަރަހައްދުގެ ގޮތުން ބަލާއިރު އިނގިރޭސީވިލާތަށް ވުރެ ދިވެހިރާއްޖެ ބޮޑެއެވެ.

ރާއްޖެ ބިނާވެ ދެމި އޮންނަނީ އިގްތިސާދީ މައިގަނޑު ދެ ސިނާއަތަކީ ފަތުރުވެރިކަމާއި މަސްވެރިކަމެއެވެ. ރައްޔިތުންގެ އާންމު ކަނޑުދަތުރުފަތުރުގެ އިތުރަށެއެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތަކީ ވެސް މި ބޮޑު ކަނޑުގެ ސަރަހައްދުގައި ކެނޑިނޭޅި ކާރޫބާރޫ ހިނގަމުން އަންނަ އިންތިހާ ދަރަޖައިގެ ބޮޑު ސަރަހައްދެއެވެ.

ރާއްޖޭގެ އިގްތިސާދާއި މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ ނިހާއީ މި ބޮޑު ކަނޑުގެ ސަރަހައްދު ހިމާޔާތްކޮށް ބަލަހައްޓާ ދިފާއުކުރުމުގެ ޤާބިލް ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާ އަށް ލިބެންޖެހެއެވެ. އެ މުވައްސަސާއަށް ބޭނުންވާ އުޅަނދު ފަހަރާއި ވަސީލަތްތަކާއި އޭގެ ފުރިހަމަ ގާބިލްކަން ލިއްބައިދިނުމަކީ ވަކި އިސްތިސްނާއެއް ނެތި, މުޅި ދައުލަތުގެ ވާޖިބެކެއެވެ. ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް އޮތަސްމެއެވެ. ވެރިކަމުގައި ކޮންމެ ޕާޓީއެއްގެ ކޮންމެ ވެރިއަކު ހުންނެވިއަސް މި އަމާޒު ހާސިލު ނުވެވޭނެ ފަދަ ބީދައަކުން ރެކިވަޑައިއެއް ނުގެންނެވޭނެއެވެ.

މިއަދު ހިނގަނީ ތަރައްގީވެ ތަހުޒީބުވެ ގައުމުތައް ގުޅިގެން ހިނގަމުން އަންނަ ލާމެހިފައިވާ ދުނިޔެއެކެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް ބޭނުންވާ މަދަދާއި އެހީތެރިކަންދީގެން އިޚްތިރާމާއި އިތުބާރުގެ މަތީގައި ހިނގަމުން އަންނަ ދުނިޔެ އެވެ.

އިލްމާއި ހުނަރާއި ވަސީލަތްތައް އެއްބައެއްގެ އަތުން އަނެއް ބަޔަކަށް ބަދަލުނުވެ ބައްކޮށްގެން ތިބިނަމަ މިއަދުވެސް ގައުމުތައް އޮތީހީ ޖާހިލު ކަންމަތީ ކުރުގެޅި, ގުޅަ ކެރުވިގެންނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
17%
50%
33%
0%
ކޮމެންޓް
23 ފެބްރުއަރީ 2021 | އަންގާރަ 22:25
raagundaa
kobaahey miadhu benai vaccine kekeke
22 ފެބްރުއަރީ 2021 | ހޯމަ 11:26
އަލީ
ފޮޓޯގައި ތިބީ އިންޑިއާ ސިފައިންނެއްނޫން. ސައޫދީ އަރަބިއާގެ ސިފައިން
21 ފެބްރުއަރީ 2021 | އާދީއްތަ 22:59
ގަމާރުމީހާ
Thee moyain.thakeh
ގުޅުންހުރި
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
ގިރާވަރުފަޅު އިތުރަށް ހިއްކާނަމަ ރިސޯޓު ނަގާ، ބަދަލުގެ ގޮތުގައި 200 ނުވަތަ 300 މިލިއަން ޑޮލަރު ދޭންޖެހޭނެ - އަކްރަމް
އުތުރު ތިލަފަޅުގައި ކުރިއަށްގެންދަން ނިންމާފައިވާ އެގްރިކަލްޗަރ މަޝްރޫއު ފުށިދިއްގަރު ފަޅަށް ބަދަލުކޮށްދިނުމަށް، އިންތިޚާބީ މޭޔަރު ގޮވާލައްވައިފި
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު
އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ދަނީ ބަލަމުން: ފުލުހުން
އުތުރު ތިލަފަޅަށް ހުއްދަ ނެތި ނޫސްވެރިން ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
އުތުރު ތިލަފަޅުގެ މަޝްރޫއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި
އުތުރު ތިލަފަޅަށް ނޫސްވެރިން ދިޔައީ ހުއްދަނެތި، ފިޔަވަޅު އަޅަން ވާނީ އެދިފައި - އެމްއެންޑީއެފް