ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ޔަޒީދީން މިނިވަންވުން

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

  • މިނިވަންވީ 36 މީހުން
  • އަންހެނުންނާއި ކޫޑަކުދިން އަދި ފިރިހެނުންވެސް ހިމެނޭ
  • މިނިވަންވި ގޮތެއް ސާފެއް ނުވޭ

ކ. މާލެ | 1 މެއި 2017 | ހޯމަ 07:20 | 2,035

މިނިވަންވި ޔަޒީދީ ދަރިކޮޅުގެ މީހުން ދޯޚޫކަށް ގެންދަނީ - ބީބީސީ

އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ރަހީނުކޮށްގެން ގެންގުޅުނު އިރާގުގެ ބައިމަދު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ ކަމަށް އދ އިން ބުނެފިއެވެ.

 

އދ.ގެ ކަމާއިބެހޭ އިދާރާތަކުން ހާމަކުރިގޮތުގައި އައިއެސްގެ ހަނގުރާމަވެރިން އިރާގުގައި ހައްޔަރުކޮށްގެން ގެންގުޅުނު ޔަޒީދީ ދަރިކޮޅުގެ 36 މީހަކުވަނީ މިނިވަންވެފައެވެ.

 

މިނިވަންވި ޔަޒީދީން ދީނުގެ މީހުން މިހާރުވަނީ އިރާގުގެ އުތުރުގައި އޮންނަ ކުރުދީންގެ ހިސާބުގަނޑެއް ކަމަށްވާ ދޯޚޫކަށް ގެންގޮސްފައެވެ.

 

ޔަޒީދީންގެ 36 މީހުން މިނިވަންވިޔަސް އެމީހުންނަކީ އައިއެސް ހަނގުރާމަވެރިންގެ އަތްދަށުން ފިލިބަޔެއް ކަމެއް ނުވަތަ މިނިވަންކުރި ބަޔެއް ކަމެއް ސާފެއްނުވެއެވެ.

 

އދ އިންވެސް އެމީހުން މިނިވަންވި ގޮތަކާއިމެދު އެއްޗެއް ބުނަން އުޒުރުވެރިވެފައެވެ. އެއީ މުސްތަޤްބަލުގައި މިނިވަންވާން ތިބި ބަޔަކަށް އެކަމުގެ ސަބަބުން ހުރަހެއް ކުރިމަތިވެދާނެ ކަމަށް ބަލާފައި ކަމަށް އދ އިން ބުނެއެވެ.

 

ދެހާސް ސާދަވަނަ އަހަރު އުތުރުގެ އަވަށެއް ކަމުގައިވާ ސިންރާޖް ހިފުމަށްފަހު އައިއެސް އިން ޔަޒީދީން އެތައް ހާސް ބަޔަކު މަރުމުގެ އިތުރުން އެތައް ބަޔަކު ހައްޔަރުކޮށްފައިވެއެވެ.

 

އައިއެސްގެ ބާރުގެ ދަށަށް ސިންރާޖް އަވަށް ދިޔަނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި ކުރުދީ ހަނގުރާމަވެރިން ވަނީ އެސަރަހައްދުގެ ކޮންޓްރޯލް އަތުލާފައެވެ.

 

ކުރުދީންގެ ބާރުގެ ދަށަށް އެސަރަހައްދު ދިޔަނަމަވެސް އައިއެސްގެ ހަނގުރާމަވެރިންވަނީ އިރާޤްގެ އުތުރުގެ ބޮޑުބަޔެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ޔަޒީދީ ދަރިކޮޅުގެ މީހުން ހައްޔަރުކޮށްގެން ގެންގުޅުނީ އެ ސަރަހައްދުގެ ތަންތާންގައެވެ.

 

އދ ގެ ހިއުމަނިޓޭރިއަން ކޯޑިނޭޝަންގެ އޮފީހުން ހާމަކުރާ ގޮތުގައި މިނިވަންވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ފިރިހެނުންވެސް ހިމެނެއެވެ.

 

މިނިވަންވި މީހުންވަނި މީގެ ދެ ރެޔެއްވަރު ކުރިން ދޯޚޫކަށް ގޮއްސައެވެ. އަދި އެމީހުން މިވަގުތު ތިބީ އދ އާބާދީއާ ބެހޭ ފަންޑުން ޤާއިމްކޮށްފައިވާ ގެތަކެއްގައެވެ.

 

އެމީހުންގެ އާއިލާތައް ކައިރިއަށް ދެވުނުއިރު، އެމީހުންނަށް ބޭނުންވާނެ އަންނައުނާއި ކާބޯތަކެތީގެ އިތުރުން ނަފްސާނީ ގޮތުން ފަރުވާވެސް ދެމުންދާ ކަމަށް އދ އިން ހާމަކޮށްފައިވެއެވެ.

 

މިނިވަންވި މީހުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ އަޅާލުން ބޭނުންވާ ކަމަށާއި އެމީހުންނަށް ވަނީ ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް ހިއުމަނިޓޭރިއަން ކޯޑިނޭޝަންގެ އޮފީހުން ހާމަކުރެއެވެ.

 

މީގެ އިތުރުން މިހާރުވެސް އައިއެސްގެ އަތް ދަށުގައި 1500 އަށްވުރެ ޔަޒީދީ އަންހެނުންވާނެ ކަމަށް އެފަރާތުން ބުނެއެވެ. އަދި އެމީހުންގެ ޖިންސީ ކޯނާކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

 

އައިއެސްގެ ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ޔަޒީދީނ އަންހެނުން އެމީހުން ބޭނުންކުރަނީ އަޅުންގެ ގޮތުގައި އެމީހުންގެ ޖިންސީ އެދުން ފުއްދުމަށް ކަމަށް މިދިއަ އަހަރު އދ ނެރުނު ރިޕޯޓެއްގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.