ކ. މާލެ
|
28 ޖެނުއަރީ 2021 | ބުރާސްފަތި 06:54
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ސޯޝަލް މީޑިއާ
އަދުރޭ ހައްޔަރުކުރުން
ހައިރިސްކް މީހަކު ހައްޔަރުކުރީ ގޭގައި ނިދާފަ އޮއްވާތަ؟ ނޫނީ ވެކްސިން ނުޖަހަން ބޮޑާ ހޭކީމަތަ؟
 
އަދުރޭ އާއެކު އިބްރާޙީމް ޝުޖާއު ވެސް ހައްޔަރުކުރި
 
މިސަރުކާރުން އަދުރޭ ޖަލަށް ލުމަކީ ޖިހާދެއް ކަމުގައި ބުނި
 
ޖަލަށް ލާދިނުމަށް އެދި އަމިއްލަ ޕާޓީގެ މެންބަރުންގެ ކިބައިން އަދުރޭ އާދޭސްކުރި

އެބޭފުޅުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލިސްގެ މެންބަރުންވެސް އެ ހައްޔަރުކުރަނީ އެބޭފުޅުން ގޭގައި ނިދާފަ ތިއްބައެއް ނޫން. ނޫނީ ތަރާވީސް ނަމާދު ނިމިގެން ޤްރުއާން ކިޔަވަން ތިއްބައެއްވެސް ނޫން. ފަތިސް ނަމާދު ގުނޫތައް އަތް ނަގައިގެންވެސް ތިއްބައެއް ނޫން. އާންމު އުނދަގުލަކަށް ވާގޮތަށް މުޒާހަރާކުރުމުގެ ތެރޭގައި، އަނެއްކާ ސިފައިންގެ ވާޖިބަށް ހުރަސް އެޅީމަ.

އަބްދުއްރަހީމް އަބްދުﷲ އެ ދެއްވީ، އެއިރެއްގައި އަތުގައި ބާރު އޮތަތީ، ގަދަކަމާއި ކިބުރުވެރިކަން އިންތިހާވެފައި ވީތީ، އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމަށް ދިން ސީދާ އިންޒާރެކެވެ. އޭރުގެ ސަރުކާރުން ރޯމާ ދުވާލާއި ރޭގަނޑުގެ ކަނު އަނދިރީގައި ކުރަމުންދިޔަ ވައްކަންތަކާއި، ހިންގަމުންދިޔަ ބޮޑެތި ޖަރީމާތަކުގެ ވާހަކަ އިދިކޮޅުން ދައްކާތީ އެ އަޑު ކަނޑުވާލުމުގެ މަގްސަދުގައެވެ.

އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަން ނިމި، ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރުމަށް ހުރަ ގޭގައި ހައްޔަރުވެފައި ހުރިއިރު، އެ ހުކުމާ ދޭތެރޭ ހައި ކޯޓުން ބަސް ބުނެފައިވާއިރު، ޔާމީނު މިނިވަންކުރުމަށް ކަމަށް ބުނެ، އަދުރޭމެން މަގުތަކަށް ނުކުމެ އުޅުމަކީ، މި ކޮވިޑުގެ ޙާލަތުގައި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި ދައުލަތުން ނަމަވެސް އަދުރޭއަށް ސިއްހީ ހިމާޔަތް ދޭންޖެހެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑުގެ ނުރައްކާ ބޮޑުކަމަށް ދުނިޔޭގެ އެތައް ގައުމަކުން ފެންނަމުންދާ މަންޒަރުތަކުން ނިކަން ފުރިހަމައަށް ހެކި ދޭނެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ނަމަ އަދުރޭމެން ފަދަ (ހައިރިސްކް) ދުވަސްވީ ބޭބޭފުޅުން މި ހާލަތުގައި ތިއްބަވަންޖެހޭނީ ގޭގައި ދާންކޮޅުގައެވެ. ގިނަ ގިނައިން ދުޢާ ކުރެއްވުމާއި ނަމާދު ކުރެއްވުމުގައެވެ. ނޫނީ ނިދިކުރެއްވުމުގައެވެ.

މުޒާހަރާކުރަން ނުކުމެ އުޅެންޏާ "އޭރު މަޖިލިސް މެންބަރަކަސް، ކުށެއްގަ އަރުވާލެވުނު މީހަކަސް، މިހާރު ޕާޓީއެއްގެ ރައީސަކަސް، އަދި ދެތިން އެޕާޓްމެންޓާއި އެތައް ވިޔަފާރިއެއް ހިންގާ ވިޔަފާރިވެރިޔަކަސް" ހައްޔަރުކުރާނެ ކަން އަދުރޭއަށް ވިސްނިވަޑައިގަންނަވަން ޖެހޭނެއެވެ.

އެހެނަސް އެކަމާވެސް ހިތްހަމަ ނުޖެހި މަގުތަކަށް ނުކުމެ، ފުލުހުންނާ ދެކޮޅުވެ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން ތިޔަ އުޅުއްވަނީ ކީއްވެތޯ އެތައް ރައްޔިތުންނެއް މިއަދު ސުވާލު އުފައްދައެވެ.

ފާއިތުވި އަހަރު ސެޕްޓެމްބަރު މަހުވެސް ބަޔަކު މަގުތަކަށް ނުކުތީމަ ދިވެހި ރައްޔިތަކަށްވެ ހުރެ އެ އެއްވުމުގައި ވެސް ހަމަ ބައިވެރިވެލެއްވީމު ނޫންތޯއެވެ؟ އޭރު އަދި ކޮވިޑުގެ ހާލަތު މާ ނުރައްކަލެވެ. އޭރުވެސް ރައްޔިތުން ތިބީ އަދުރޭ ފަދަ ހައިރިސްކް ބޭފުޅަކު މަގުމައްޗަށް ނުކުމެ އުޅުއްވާތީ ރައްކާތެރި ތަނެއް ހޯއްދަވާ ދެއްވުމަށް ކަމާބެހޭ އިދާރާތަކަށް އަންގަ އަންގައެވެ.

އަޅުގަނޑުމެން މިއީ ސިޔާސީ ޕާޓީއަކުން އެއްވެގެން އުޅޭ އެއްވުމެއް ނޫން މީކީއެއް. އަޅުގަނޑުމެން ސިޔާސީ މީހުންނަށްވީ ދިވެހި ރައްޔިތަކަށްވެފެ އޭގެ ފަހަށް. އެހެންވީމަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު މިތަނަށް އައިސް މިހުރީ އިނގޭތޯ.
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ

މި ގައުމަށް އުފަން ދިވެހި ދަރިއަކަށް ވީތީ ކިޔަމަން ގަންނަންޖެހޭ ބަޔަކުވެސް ހަނދާން ނެތި، ކޮވިޑުގެ ބިރުވެރި މި ހާލަތުގައި އަދުރޭ އެދުވަހުވެސް ދިޔައީ ސިއްހީ ބޭބޭފުޅުންނަށް ގޮންޖައްސަވަމުންނެވެ.

ސިޔާސީ ބޭބޭފުޅުން އެހެން މީހުން ދައްކާ ހެޔޮލަފާ ވާހަކަ އަޑުއަހާ އުޅެއެވެ. އަދި އެއީ އެކަމެއްގެ ނުރައްކާތެރިކަން ބޮޑުކަމެއް ކަމަށް ވެއްޖެނަމަ، ބުނި ކޮންމެ ގޮތެއް ހަދާ އުސޫލުންނެވެ. ނަމަވެސް އަދުރޭ، ހަމަ ކުޑަކުއްޖެއް ގޮތަށް "ބޮޑާހާކާ" ގެއަށް ނުދާން އެ ދުވަހު ދެކޮޅު ހައްދަވައި މިއަދު އަނެއްކާވެސް ވެކްސިނަށް ބޮޑާހާކައިގެން އުޅުއްވީމަ އެކަމާ ކޮންމެވެސް ބަޔަކު ވިސްނަންޖެހެއެވެ. ފަހަރުގައި އެއީ ދިވެހި ފުލުހުން ކަމުގައި ވެސް ވެދާނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މަސައްކަތްތައް ކުރަމުން އަންނަ ދަރުބާރުގެ ކައިރީ، މެންދުރުގެ އަވިގަނޑުގައި އަދުރޭ އުޅުއްވި މަންޒަރު ފެނިފަ އެކަމުގެ ދެރަ އެތައް ރައްޔިތަކަށް އިހުސާސް ކުރެވުނެވެ. އެހާ އުމުރުން ދުވަސްވީ ބޭފުޅަކު ވެކްސިނާއި ދެކޮޅުވެ، އެ އުފެއްދި ގައުމު ގޯސްވެ، ދުވަސްވީމަ ވެކްސިން ޖަހަން ބިރުން އުޅުއްވާ ގޮތަށް ތިޔަ އުޅުއްވަނީ އެ ގައުމަކުން އުފެއްދި ބޭސް ގުޅައެއްވެސް ދިރުވާ ނުލައްވާތީ ތޯއެވެ.

ވެކްސިން ނުޖަހާނަމޭ، އިންތިހާބު އަވަސްކޮށްދޭށޭ، ހުރަގެއިން ޔާމީނު މިނިވަންކޮށްދޭށޭ ކިޔަމުން އުޅުއްވާއިރު، އެއްވެގެން މިއުޅެވެނީ ކޮން ތަނަކަށް ކަންވެސް ވިސްނަވާ ނުލައްވައެވެ. އެބައެއްގެ މަސައްކަތް މުޅި ގައުމަށް ބޭނުންވެފައި އޮތް ސިއްހީ މާހިރުންގެ ހުރިހާ މަސައްކަތެއް އެތަނެއްގައި ކުރާ ދަރުބާރުގޭ ކައިރިއަށް އެއްވެ، ރައްޔިތުން ބިރުގެންނެވުމަށް ތިޔަ ކުރެއްވީ ވަރަށް ހުތުރު އަމަލެކެވެ. އަދުރޭމެން ފަދަ ސިޔާސީ ބޭބޭފުޅުން މި ހާލަތުގައި ކޮށްގެން ނުވާނެ ފަދަ އަމަލެކެވެ. ދެއިރު ދެ ދަޅައަށް ޖަލްސާ ބާއްވައިގެން އެއްވާނީ ގައިދުރުކޮށްނޭ، މާސްކު އަޅާނަމޭ ކިޔާ، އެ ހުރިހާ ކަމަކާ ހިލާފުވެ މުޒާހަރާ ކުރީމަ އޭތި ރައްޔިތުންނަށް "އޯކޭ" އެއް ނޫނެވެ.

ދެންވެސް ހަމަ މީހަކު ދެއްކި ހެޔޮ ވާހަކައެއްވެސް އަޑު އަހާލުމެއްނެތި، އެންމެ ގާތުގައި ހުރި ޕާޓީގެ ނައިބު ވިދާޅުވި ބަހަށް ހެއްލިގެން އެންމެ ފަހުން ދާންޖެހުނީ ރޭގަނޑުގެ އިރާކޮޅު ދޫނިދޫ އަށެވެ. އެވެސް އެކުވެރި ނައިބާ އެކުއެވެ.

ބައްލަވާ އަޅުގަނޑުމެން މިއީ މޮޔައިންނެއް ނޫން. އަޅުގަނޑު މިރޭ މި އިއުލާނުކުރަނީ ތިޔަ ހުރިހާ ރައްޔިތުން އެމީހަކު ބޭނުން ރަށަކަށް ދާންވީ. ކަރަންޓީން ވާކަށް ނުޖެހޭނެ ދެނެއް. މައިމޫނާ އަކަށް ނުބެލޭނެ ދެނެއް. އަޅުގަނޑުމެން ނުބަލާނަން މައިމޫނާ އަކަށް ދެނެއް. އެޗްޕީއޭ އަކަށް ނުބަލާނަން. އިބްރާޙީމް މުހައްމަދު ޞާލިހަކަށް ނުބަލާނަން. އަޅުގަނޑުމެން ބޭނުން ގޮތަކަށް ދެން މި ގައުމުގަ އުޅޭނީ. އެހެން ނޫނީ މައިމޫނާ ޖެހޭނީ ސައިޒަށް ތިރިވާން މިފަހަރު.
ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު

އެކުވެރި ނައިބު ޝުޖާ މިހެން ވިދާޅުވީމާ އެދުވަހުވެސް އަދުރޭ އިންނެވީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ބަލައި ދެ އަތާ ދެ ފައި ޖައްސަވާށެވެ. އެދުވަހު އެ އަޑު ނޭއްސެވި ނަމަ ފަހަރުގައި މިއަދު ދޫނިދޫއަށް ގެންދާކަށް ނުޖެހުނީހެވެ. މީހަކު ހަމަ، ދައްކާ ވާހަކައެއް ތިޔަހާ ދޮށީ އުމުުރެއްގައި އަޑު އަހާކަށްވެސް ނުވާނެއެވެ. ހައި ރިސްކު ބޭފުޅުން ތިއްބަވަން ވާނީ ގޭގައެވެ. ބޮޑާހޭކުން ދޫކޮށްލާ މި ބަލި މަޑުކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ތިޔަހާ ބޯހަރު ވާކަށް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
7%
2%
0%
11%
7%
73%
ކޮމެންޓް
29 ޖެނުއަރީ 2021 | ހުކުރު 18:22
ގަންޖާ ކުމާރު
ހައްޔަރު ކުރީ، އަނިޔާވެރިޖަން ހައްދު ފަހަބައަޅާ ގޮސް ގޭގަ ނިދަންވެސް ތިވެވޭވަރު ނުވެގެން، ނުކުމެ އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުގުލުމުން. މި ކޮމެންޓް ޖަހާލަން ނުކެރުނީ އަނިޔާވެރިކަމަށް ހިތްވަރުދޭ ބައިފަނޑަކަށް ރާގުންޑާ ވާތީތަ؟ ދެން ކިޔާބަލަ ތިކިޔާ އެއްޗެއް.
28 ޖެނުއަރީ 2021 | ބުރާސްފަތި 13:42
ބޭބެބބބއ.ޝ
ހައްޔަރުކުރީ ވާނުވާނޭގި ވެއްޓިދާނެކަމަށް ބިރުން
28 ޖެނުއަރީ 2021 | ބުރާސްފަތި 10:54
ނަމެއްނެތް
އަވަގުރާނަ ކޮންޓްރޯލް ކުރުމަށް ކޮވިޑް ނިމުނީމަވެސް އަދުރޭގެ އަނގަ މަތީގައި މާސް އަޅާފާ ބެހެއްޓުމަކީ މުހިންމުކަމެއް!
28 ޖެނުއަރީ 2021 | ބުރާސްފަތި 07:41
މިނިވަން ނޫސްވެރިޔާ
ތިއީ ނޫސްވެރިއެއްތަ ނޫނީ ސިޔާސީ އެކްޓިވިސްޓެއްތަ
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި