ކ. މާލެ
|
17 ޖެނުއަރީ 2021 | އާދީއްތަ 08:23
ޗައިނާއިން ފަސް ދުވަހުގެ ތެރޭގައި ހެދި ކޮވިޑް އައިސޮލޭޝަން ސެންޓަރުގެ ކޮޓަރިތައް
ޗައިނާއިން ފަސް ދުވަހުގެ ތެރޭގައި ހެދި ކޮވިޑް އައިސޮލޭޝަން ސެންޓަރުގެ ކޮޓަރިތައް
ރޮއިޓަރސް
ޗައިނާ ސަރުކާރުގެ އައިސޮލޭޝަން ސެންޓަރު ޕްރޮޖެކްޓް
ޗައިނާގައި ފަސް ދުވަހުން 1،500 ކޮޓަރީގެ އައިސޮލޭޝަން ސެންޓަރެއް ހަދައި ނިންމާލައިފި
 
މި ފެސިލިޓީގެ ފުރަތަމަ ޕްރޮޖެކްޓް ފަށާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު
 
މި ޕްރޮޖެކްޓް ނިމޭއިރު 6،500 ކޮޓަރީގެ އައިސޮލޭޝަން ސެންޓަރުތައް ހެދުމަށް ވަނީ ނިންމާފައި

ޗައިނާގެ ހެބެއި ޕްރޮވިންސްގައި 1،500 ކޮޓަރީގެ އައިސޮލޭޝަން ސެންޓަރެއް ފަސް ދުވަހުން ހަދައި ނިންމާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ މި ސެންޓަރުގެ ފުރަތަމަ ބެޗުގެ ކޮޓަރިތަކެވެ. އަދި މުޅި މި ޕްރޮޖެކްޓް ނިމޭއިރު 6،500 ކޮޓަރީގެ އައިސޮލޭޝަން ސެންޓަރުތައް ހެދުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ހުރިހާ ފެސިލިޓީއެއް ހުންނާނީ ހެބެއި ސިޓީގެ ހަ ސަރަހައްދެއްގައެވެ.

މި ފެސިލިޓީގައި އެނދާއި، އިލެކްޓްރިކް ހީޓަރާއި، ފާހާނާގެ އިތުރުން ކޮންމެ ކޮޓަރިއެއްގައި ވައިފައި ލިބެން ހުންނާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.

އަދި ހޮނިހިރު ދުވަހު ކްލޯޒް ކޮންޓެކްޓްސް ގޮތުގައި ފާހަގަ ކުރެވުނު ފަރާތްތައް އާދީއްތަ ދުވަހުގެ ވަގުތެއްގައި މި ފެސިލިޓީއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.

ޗައިނާގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު، މި ފެސިލިޓީގެ ފުރަތަމަ ޕްރޮޖެކްޓް ފަށާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

މީގެ ކުރިން ޗައިނާގެ ވެރިރަށް ސިންޖިއާން ސިޓީގައި ވެސް ވަނީ މި ކޮންސެޕްޓަށް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި