ކ. މާލެ
|
8 ނޮވެންބަރ 2020 | އާދީއްތަ 23:00
އަވައްޓެރި އިންޑިއާއިންވެސް 8 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ލައްކައަކަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވޭ
އަވައްޓެރި އިންޑިއާއިންވެސް 8 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ލައްކައަކަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވޭ
ޓްވިޓަރ
ކޮވިޑް-19 ދުނިޔޭގެ ޙާލަތު
50 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ
 
ޗައިނާގެ އަދަދުތައް ވަނީ ކޮންޓްރޯލް ކުރެވިފައި
 
އިންޑިއާއިން ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވޭ
 
އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިން

މުޅި ދުނިޔެއިން 50 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔެއިން 50،467،734 ( ފަންސާސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ ތިރީސް ހަތަރު) މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އެމެރިކާއިން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން އެމެރިކާއިން އެކަނިވެސް 10 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، އަވައްޓެރި އިންޑިއާއިން 8 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

އޭގެ އިތުރުން، ބްރެޒިލްއިން 5 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 1،260،154 (އެއް މިލިއަން ދެލައްކަ ފަސްދޮޅަސް ހާސް ހަތޭކަ ފަންސާސް ހަތަރެއް) ގައެވެ. އެގޮތުން މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓް ކޮށްފައިވާ ޤައުމަކީވެސް އެމެރިކާއެވެ. އެމެރިކާއިން 2 ލައްކައަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވާއިރު، އަވައްޓެރި އިންޑިއާއިންވެސް ލައްކައަކަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވެއެވެ.

އޭގެ އިތުރުން، ބްރެޒިލްއިންވެސް ލައްކައަކަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވާއިރު، މި 3 ޤައުމަކީ މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވާ 3 ޤައުމެވެ.

އެންމެ ފުރަތަމަ ކޮވިޑް ގެ ކޭސްއެއް ރިޕޯޓް ކުރެވުނު ޗައިނާގައި މި އަދަދުތައް ކޮންޓްރޯލް ކުރެވިފައިވާއިރު، ޗައިނާއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 86،213 މީހުންނެވެ. އަދި މަރުވެގެން ރިޕޯޓް ކޮށްފައިވަނީ 4634 މީހުންނެވެ.

ކޮވިޑް-19 އަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް އެކި ޤައުމުތަކުން ހަލުވިކަމާއެކު ކުރަމުންދާއިރު، މިހާތަނަށް ވެކްސިންގެ ހުރިހާ މަރުޙަލާއެއް ކާމިޔާބުކޮށް، އިންސާނުންގެ ހަށިގަނޑަށް ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ ވެކްސިނެއް އެއްވެސް ޤައުމަކުން ހޯދިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް