ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސް އިތުރުވުން

ފެންނަ ކޭސްތަކުގެ އަދަދު އިތުރުވީ ލޮކްޑައުން އަށް ލުއި ދީގެނެއް ނޫން: ޑރ. އަފްޒަލް

  • ލޮކްޑައުން ހަރުކަށި ކުރަންޖެހޭ ސަބަބެއް މެދުވެރިއެއް ނުވޭ: ޑރ. އަފްޒަލް
  • 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން 101 ޕޮޒިޓިވް މީހަކު ވަނީ ފެނިފައި
  • މިއީ ރާއްޖޭގައި އެއް ދުވަހުގެ ތެރޭގައި ރިޕޯޓްކުރެވުނު އަދަދު 100ށް ވުރެ މައްޗަށް ދިޔަ ދެވަނަ ފަހަރު

ކ. މާލެ | 31 މެއި 2020 | އާދީއްތަ 23:10 | 6,398

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. އިބްރާހިމް އަފްޒަލް - އެންއީއޯސީ

ފެންނަ ކޭސްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށާއި، ކޭސްތައް އިތުރުވަނީ ފުރަބަންދަށް ލުއި ދީގެން ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިތުރު 101 ކޭސް އެއް ފެނިފައިވާ ކަން ވަނީ ހާމަކޮށްފަ އެވެ. މިއީ ރާއްޖެ އިން މިހާތަނަށް ރިޕޯޓްކުރެވުނު އަދަދުތަކަށް ބަލާއިރު، އެއް ދުވަހުގެ ތެރޭގައި 100ށް ވުރެ އިތުރަށް ކޭސްތައް ރިޕޯޓްކުރެވުނު ދެވަނަ ފަހަރެވެ.

މިއީ ކަންބޮޑުވާންޖެހޭ ކަމެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ފެންނަ ކޭސްތަކަށް ބަލާއިރު، ހާލަތު އިތުރަށް ގޯސްވާ ހާލަތެއް ނުފެންނަ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މިހާރު ފެންނަ ކޭސްތަކުގެ ޕެޓަރން އެވެ. އެންމެ ފަހުން ރިޕޯޓްކުރެވުނު ކޭސްތަކުގެ ތެރޭގައި ގިނައީ އެއް ކްލަސްޓަރ އަކަށް ނުވަތަ ކުރިން ދެނެގަނެވިފައިވާ ކްލަސްޓަރއެއް ނުވަތަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްސް އެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފެނުނު ކޭސްތަކުގެ ތެރެއިން އިންޑިޕެންޑެންޓް ކޭސް ނުވަތަ ކުރިން ދެނެގަނެވިފައިވާ ކްލަސްޓަރއަކާއި ގުޅުމެއް ނެތް ދެ ކޭސް ކަމަށެވެ. ބަލި ފެތުރޭ މިންވަރުގެ އިންޑިކޭޓަރތަކަށް ބަލާއިރު، އިންޑިޕެންޑެންޓް ކޭސްތަކުގެ އަދަދު އިތުރުވުމާއި، ސާރީ ކޭސްތަކުގެ އަދަދު އިތުރުވުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.