އަންގާރަ 26 ޖެނުއަރީ 2021
8 ހުވަން
1442 ޖުމާދުލް އާހިރަތު 12
ފަތިސް 05:04
އިރުއަރާ 06:19
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ލޮކްޑައުންއަށް ލުއި ދިިނުން

ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް އައުން އެކަށީގެންވޭ: ޑރ. އަފްޒަލް

  • ލޮކްޑައުންއަށް ލުއިދޭތަނުން ނަތީޖާ ނުފެނިދާނެ
  • ބޭރަށް މީހުން ނުކުންނާނެ ކަމަށް ލަފާ ކުރެވޭ
  • ރައްޔިތުންނަށް ކަންކަން ހަނދާން ކޮށްދޭން ޖެހޭ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 02:59 | 15,336

އެންއޯއީސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އިބްރާހީމް އަފްޒަލް މައުލޫމާތުދެއްވަނީ - އެންއީއޯސީ

މާލެސިޓީގެ ލޮކްޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް (ކުއްލިއަކަށް ކޭސްތައް ފެނުން) އެކަށީގެންވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ނޭޝަނަލް އިމަރެޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ ލޮކްޑައުންއިން ލުއި ދޭތަނުން ނަތީޖާ ނުފެނިދާނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމާ ގުޅިގެން ފުދޭ ވަރަކަށް މީހުން ބޭރަށް ނުކުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ލޮންޑައުން ނިންމާލުމާ ގުޅިގެން މައިނާ ސަރޖެއް ފެނުން އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެގޮތުން މިކަން ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށާއި، ފޭސް އެކެއްގައި ކޮންޓްރޯލް ނައްޓާގެންދާ ވަރަށް ބޭރުތެރެއަށް ނުކުމެ ނޫޅުމަށް އާންމުންނަށް ހަނދާން ކޮށްދޭން ޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފޭސް އެކެއްގައި ކޮންޓްރޯލް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ލޮކްޑައުންގައި އަޅުގަނޑުމެންނަށް މިލިބޭ ޕްރޮޓެކްޝަންގައި ލޮކްޑައުން ދޫކޮށްލާ ތަނަކުން ނުފެންނާނެ. އެއީ ކޮންމެ ގޮތެއް ވިޔަސް ލޮކް ދޫކޮށްލީމަ ހިއުމަން ބިހޭވިޔަރއަށް ބަލާއިރު ކޮންމެސް ވަރަކަށް އެހާ ގިނަ ދުވަހު ލޮކްޑައުންގަ ރިލީސްއެއް ލިބޭއިރު ތަބީއީ ކަމެއް އެއީ އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެލުން. ދެފައި ދަމާލަން ވެސް. ބޭނުންވަނެ ހިނގާލަން. ބޭނުންވާނެ ބޭރަށް ނުކުމެލަން ވެސް. އެއީ ތޮބީއީ ކަމެއް. އޭގަ ކޮންމެސް ވަރަކަށް އަޅުގަނޑުމެން ކޮންޓްރޯލްތަކެއް ބެހެއްޓިދާނެ. އިންސާނީ ތޮބީއަތަށް ބަލާއިރު ހަމަ އިނީޝިއަލީ ލޮކްޑައުންއެއް ނިންމާލާފަ ކޮންމެވެސް ވަރެއްގެ މައިނާ ސަރޖެއް އައުން އެކަށީގެންވޭ އެނގޭތޯ.

ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ފިލުވާލާއިރުގަ އެންމެ ޚާއްސަކަމެއްގެ ގޮތުގައި ބަލަމުންދާނީ ކޭސްތައް ފެންނަ އަދަދަށް ކަމަށާއި، މައްޗަށް ދާނަމަ އެއީ ބޮޑު މައްސަލައެއް ކަމަށެވެ.

މީގެއިތުރުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންކޮށް، ދެމުންދިޔަ އިރުޝާދުތަކަށް ރައްޔިތުން އަމަލުކުރަން ފެށި ހިސާބުން ރަނގަޅު ނަތީޖާއެއް ފެނިފައިވާ ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް މަސައްކަތަށް އާންމުންގެ ފަރާތުން މިފަދަ އެއްބާރުލުމެއް ލިބިއްޖެނަމަ ހާލަތު ރަނގަޅުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.