ކ. މާލެ
|
10 މެއި 2020 | އާދީއްތަ 20:33
އާދިއްތަ ދުވަހު ކޮޅުނބުގެ ރޭލު ސްޓޭޝަންގެ މަސައްކަތު މީހުން ކެމިކަލް ޖަހައިގެން ޖަރާސީމު ފިލުވަނީ، 10 މެއި
އާދިއްތަ ދުވަހު ކޮޅުނބުގެ ރޭލު ސްޓޭޝަންގެ މަސައްކަތު މީހުން ކެމިކަލް ޖަހައިގެން ޖަރާސީމު ފިލުވަނީ، 10 މެއި
ޒިންހުއާ
ކޮވިޑް-19: ސްރީ ލަންކާގެ ހާލަތު
ކޮޅުނބުގެ ކާފިއު އިތުރަށް ދަންމާލައިފި
 
ޖުމްލަ 855 މީހުން އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ޕޮސިޓިވް ވެފައި
 
ކޮވިޑް-19ގެ އެކްޓިވް ކޭސްގެ ގޮތުގައި އާދިއްތަ ދުވަހުގެ ނިޔަލަށް ތިބީ 525 މީހުން

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގެ ވެރިކަން ކުރާ ސިޓީގައި އިއުލާން ކޮށްފައިވާ ކާފިއު އިތުރަށް ދަމަހައްޓަން ނިންމައިފިއެވެ.

ވަކި މުއްދަތެއް ނެތި ކޮޅުނބުގައި ކާފިއު ދަންމާލަން ސްރީލަންކާގެ ސަރުކާރުން ނިންމި ކަން ލަންކާގެ ނޫސްތަކުގައި އާދިއްތަ ދުވަހު ހަވީރު ވަނީ ހާމަ ކޮށްފައެވެ.

ކޮޅުނބުގެ ކާފިއު ދަމަހައްޓަން އާދިއްތަ ދުވަހު ނިންމި އިރު ސްރީ ލަންކާ ސަރުކާރުން ހުސްވި ހަފްތާގައި ބުނެފައިވަނީ، މެއި މަހުގެ 11 ވާ ހޯމަ ދުވަހުން ފެށިގެން ވެރި ރަށް ކޮޅުނބާއި، ގަމްޕާ އަދި ކަަލަތޫރާ ގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލާ، އެ ސަރަހައްދުތައް އާއްމު ކޮށް މަސައްކަތްތަކަށް ހުޅުވާލާނެ ކަމަށެވެ.

ކޮޅުނބުގެ ކާފިއު ދެމެހެއްޓި ނަމަވެސް ކަލުތާރާ، ޕުއްޓަލަމް ގައި މެއި 11 ވަނަ ދުވަހުން ފެށިގެން ފަތިހު 5 އާ ރޭގަނޑު 8އާ ދެމެދު ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ ކަމުގައި ބުނެފައި ވެއެވެ. ނަމަވެސް މި ސަރަހައްދު ތަކުގައި ވެސް ރޭގަނޑު 8:00ގެ ފަހުން ބޭރަށް ނުކުމެ އުޅުން މަނާ ކަމުގައި ސްރީ ލަންކާ ސަރުކާރާ ހަވާލާދީ އެ ގައުމުގެ މީޑީއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އާދިއްތަ ދުވަހު ސްރީ ލަންކާގައި 8 މީހަކު އަލަށް ކޮވިޑް-19ށް ޕޮސިޓިވް ވެފައި ވެއެވެ. ކޮވިޑް-19ށް ޖުމްލަ 855 މީހުން އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ޕޮސިޓިވް ވެފައެވެ.

އާދިއްތަ ދުވަހު 61 މީހަކު ބަލި ފަސޭހަ ވެގެން ދޫކޮށްލާފައިވާ ވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި ސްރީލަންކާ ގައި ކޮވިޑް-19ށް ޕޮސިޓިވް ވެފައި ތިބި މީހުންގެ ޖުމްލަ އަކީ 525 އެވެ.

މިހާތަނަށް ޖުމްލަ 321 މީހުން ބަލި ފަސޭހަ ވެގެން ވަނީ ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި