ކ. މާލެ
|
10 މެއި 2020 | އާދީއްތަ 02:59
ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގައި ކުރިޔަށް ގެންދާ ސަރވައިލެންސް ޕްރޮގުރާމުގެ ތެރެއިން މީހަކު ކޮވިޑް-19ށް ސްކްރީން ކުރަނީ
ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގައި ކުރިޔަށް ގެންދާ ސަރވައިލެންސް ޕްރޮގުރާމުގެ ތެރެއިން މީހަކު ކޮވިޑް-19ށް ސްކްރީން ކުރަނީ
ޕާކިސްތާން ޓުޑޭ
ކޮވިޑް-19: ޕާކިސްތާނުގެ ޙާލަތު
ޕާކިސްތާނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އަށާވީސް ހާހަށްވުރެ މަތީގައި
 
ފަރުވާ ދީގެން 7،809 މީހުން ވަނީ ރަނގަޅު ކޮށްފައި
 
މަރުވީ މީހުންގެ ޢަދަދު 936ށް އަރާ
 
ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދު 28,736ށް އަރާ

ޕާކސްިތާނުގައި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވީ މީހުންގެ ޢަދަދު 28،000ށް އަރައިފިއެވެ.

ޕާކިސްތާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ޢާންމުކުރި އެންމެފަހުގެ ޑޭޓާއަށް ބަލާއިރު، އެޤައުމުގައި ހޮނިހިރު ދުވަހު 2,301 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދު ވަނީ 28,736ށް އަރާފައެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި، ހޮނިހިރު ދުވަހު 37 މީހުން މަރުވެ، މަރުވީ މީހުންގެ ޢަދަދު ވަނީ 936ށް އަރާފައެވެ. އަދި ފަރުވާދީގެން 7،809 މީހުން ވަނީ ރަނގަޅުކޮށްފައެވެ.

ޕާކިސްތާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާގޮތުގައި، ޤައުމުގެ އެކި ކަންކޮޅު ތަކުން 270،025 (ދެ ލައްކަ ހަތްދިހަ ހާސް ފަންސަވީސް) މީހުން ވަނީ ވައިރަސްއަށް ތަހުލީލު ކޮށްފައެވެ. ވައިރަސްގައި މަރުވާ މީހުންގެ ނިޞްބަތް %2.2 ހުރިއިރު، ފަރުވާދީގެން ރަނގަޅުވާ މީހުންގެ ނިޞްބަތް ހުރީ %28.2ގައެވެ.

އެޤައުމުގައި ވައިރަސް ފެތުރޭ ޒާތައްބަލާއިރު، ވައިރަސް އެންމެ ނުރައްކާ މިންވަރަށް ފެތުރެމުން ދަނީ ޕަންޖާބު ޕްރޮވިންސްގައެވެ. އެ ޕްރޮވިންސުން މިހާތަނަށް 10،471 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

ވައިރަސް ނުރައްކާ މިންވަރަށް ފެތުރޭ ޕްރޮވިންސްތަކުގެ ތަފުޞީލު:

* ސިންދް ޕްރޮވިންސް (9،691 މީހުން)

* ޚައިބަރ ޕަޚްތުންޚްވާ (4،327 މީހުން)

* ބަލުކިސްތާން (1،876 މީހުން)

* އިސްލާމް އާބާދު (609 މީހުން)

ޕާކިސްތާނުގައި ވައިރަސް ނުރައްކާ މިންވަރަށް ފެތުރި، މިހާރު ޕީކް ދުވަސްވަރު ފަހަނަ އަޅާފައި ވާއިރު، ވައިރަސް ފެތުރޭ މިންވަރު ބައެއް ޞަރަޙައްދު ތަކުގައި ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މުޅި ޕާކިސްތާނު ފުރަބަންދު ކޮށްފައި ވާއިރު، ހޮނިހިރު ދުވަހު ވަނީ ބައެއް ޞަރަޙައްދުތަކުގައި ފުރަ ބަންދަށް ލުޔެއް ދޭން ނިންމާފައެވެ. އެހެންކަމުން އެންމެ ނުރައްކާ މިންވަރަށް ވައިރަސް ފެތުރެމުންދާ ސިންދް ޕްރޮވިންސް ފިޔަވައި އެހެން ޞަރަޙައްދުތަކަށް ލުއިދޭން ވަނީ ނިންމާފައެވެ.

ފުރަބަންދަށް ލުޔެއްދޭން ނިންމީ، ފުރަބަންދާއި ގުޅިގެން އެޤައުމުގެ ފަޤީރު އާބާދީ އާއި ދަށް މުސާރައަށް މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރަމުން ދާތީއެވެ.

ފުރަބަންދަށް ލުއި ދިނުމާއި ގުޅޭގޮތުން ޓީވީގެ ޒަރީއްޔާއިން ދެއްވި ޚިޠާބުގައި އެޤާއުމުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން އިމާރާތް ކުރުމުގެ ސިނާޢަތް އަދި ކުދި ބާޒާރުތައް ހުޅުއްވާލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި