ކ. މާލެ
|
31 މާރޗް 2017 | ހުކުރު 21:51
ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ނިވާކަން ކުޑަ ފޮޓޯތައް އާއްމު ކުރުމުން ބޭރުގެ މީޑިއާއިން ދަނީ ފާޑު ކިޔަމުން
ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ނިވާކަން ކުޑަ ފޮޓޯތައް އާއްމު ކުރުމުން ބޭރުގެ މީޑިއާއިން ދަނީ ފާޑު ކިޔަމުން
އިންސްޓަގްރާމް
ކެޓީ ޕްރައިސް
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
 
ފޮޓޯތަކާ ބެހޭ ގޮތުން އޭނާއަށްވަނީ ފާޑުކިޔުން އަމާޒުވެފައި
 
ނިވާކަން ކުޑަ ގިނަ ފޮޓޯތަކެއް ކެޓީގެ އިންސަޓަގްރާމްގައި ވަނީ އާއްމު ކޮށްފައި

ކުރީގެ މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ބަރަހަނާ ކޮށް ރާއްޖޭގައި އުޅޭކަން ބޭރުގެ މީޑިއާ އިން ފާހަގަ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު މިރަރ ނޫހުގައި ބުނެފައިވަނީ، ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަ ކުރަމުންދާ ކެޓީ ރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާ ވަރަށް ނިވާކަން ކުޑަކޮށް ނަގާފައިވާ ފޮޓޯތަކެއް ހާމަވެފައިވާ ކަމަށެވެ.

ފޮޓޯތައް ހާމަކޮށްފައިވަނީ ކެޓީގެ އިންސްޓަގްރާމް އެކައުންޓްގައެވެ.

ކެޓީ ޕްރައިސް ޗުއްޓީ ހޭދަކުރަމުންދަނީ ފިރިމީހާއާއި އޭނާގެ ފަސް ކުދިންނާއެކު ރާއްޖޭގެ ރިސޯޓެއްގައި ކަމަށް ނޫހުގައި ބުނެފައިވީނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ނޫހުގައި ހާމަކޮށްފައެއް ނުވެއެވެ.

މިރަރ ނޫހުގައި ބުނެފައިވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، ހަރުކަށި ގާނޫނުތަކުގެ ތެރެއިން، ފަތުރުވެރިންވެސް ނިވާކަން ކުޑަކޮށް ރާއްޖެއަށް ޒިޔާރަތް ކުރާ އިރު އުޅުމަކީ މަނާ ކަމެއް ކަމަށެވެ.

އިތުރަށް ނޫހުގައި ބުނެފައިވަނީ އާއްމު ތަންތާގައި ގައިގޯޅިވެ އުޅުމަކީ ވެސް ރާއްޖޭގައި ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

މިރަރ ގައި ބުނެފައިވަނީ، ހަށިގަނޑުގެ މޭމަތި ހާމަކޮށްގެން ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާ ބެހޭ ގޮތުން ކެޓީގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

މިރަރ އިން މި ޚަބަރު ޖަހާފައިވާއިރު، ރާއްޖޭގައި ނަގާފައިވާ ކެޓީ ޕްރައިސްގެ ނިވާކަން ކުޑަ ގިނަ ފޮޓޯތަކެއްވެސް ހިމަނާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
1 އޭޕްރިލް 2017 | ހޮނިހިރު 11:54
ބާޔޫ
ބަލަ ކޮބާތަ މައްސަލަ އަކީ ... ރިސޯޓުގަ ދޯ ބަރަހަނާ ކަންމަތީ އެ އު ޅެނީ.... މިރަރ ނޫސް ނުހިގާތީ ވެ ހިންގާ ލަންވެގެން ބަރަހަނާއޭ ކިޔައިގެން.... ހެހެހެހެހެ
1 އޭޕްރިލް 2017 | ހޮނިހިރު 02:18
Katie personal media
Adhi Maldives ga ulhey kudhin hendhun laaminvarah eyna huree laigen pls bodu nukohbala
1 އޭޕްރިލް 2017 | ހޮނިހިރު 02:16
Katie personal media
Eyna hury kandima Maldives ga
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި