ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 20:55
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
ފޭސްބުކް
ރައްޔިތުންގެ މަޖިލިސް
ވިސާމް ގޮވާލެއްވީ އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާލުމަށް
 
ސަސްޕެންޝަން ދިގު ދެމިގެންދާނަމަ އެ 204 ކެންޑިޑޭޓުންގެ އާއިލާއަށް ވެސް ގެއްލުންވާނެ
 
ކުރިއަށް އޮތްތާގައި އެކަމަށް ހައްލެއް ހޯދުމަށް މަޖިލީހުން ވެސް މަސައްކަތް ކުރާނެ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާލުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ ކޮވިޑް-19 ގެ ބިރުވެރިކަމާއި ކުރިމަތިވީ، ލޯކަލް ކައުންސިލް އިންތިހާބާއި ކުރިމަތިލައިގެން ތިއްބާ ކަމަށެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ 204 ސިވިލް ސަރވެންޓުން މި އިންތިހާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާކަމަށް ވިސާމް ވިދާޅުވިއެވެ. އަދި މިހާރު އެ ކެންޑިޑޭޓުން ތިބީ ސަސްޕެންޝަންގައިކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ސަސްޕެންޝަން ދިގު ދެމިގެންދާނަމަ އެ 204 ކެންޑިޑޭޓުންގެ އާއިލާތަކަށްވެސް ގެއްލުންވާނެ ކަމަށެވެ.

204 ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ކުރާ ބޭފުޅުން މި އިންތިހާބުގައި އެބަ ވާދަކުރޭ. އެދުވަހުން ފެށިގެން އެބޭފުޅުން ވަޒީފާ އެވަގުތު ވަނީ ސަސްޕެންޑް ކުރެވިފައި. އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން 204 އާއިލާގެ، އެބޭފުޅުންގެ ގޮންޖެހުންތަކާއި ދަތިތަކާއި ކުރިމަތިވާތީ އެބޭފުޅުންގެ ސަސްޕެންޝަން ބާތިލު ކުރުމަށް.
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

އެހެންކަމުން އެ ފަރާތްްތަކުގެ ސަސްޕެންޝަން ބާތިލު ކުރުމަށް ވިސާމް ގޮވާލެއްވިއެވެ. ވިސާމް ވިދާޅުވީ ކުރިއަށް އޮތްތާގައި އެކަމަށް ހައްލެއް ހޯދުމަށް މަޖިލީހުންވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ. އަދި އެޔަށްފަހު، އެ ތާރީހު އިތުރަށް ފަސްކުރުމަށް އަންނަނީ މަޝްވަރާތައްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް