ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 11:11
9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 9 މީހުން
9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 9 މީހުން
ސަން އޮންލައިން
9 ކިލޯގެ މަސްތުވާތަކެއްޗާއެކު 9 މީހަކު ހައްޔަރު
9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 9 މީހުންގެ މައްޗަށް ދައުވާ ކޮށްފި
 
މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުން އަދަބަކީ އުމުރު ދުވަހުގެ ޖަލު ހުކުމް
 
ޖުމްލަ 3،797،702ރ ދައުލަތަށް ނަގާދިނުމަށް ވެސް އެދިފައިވޭ
 
9 މީހުންނަށް އެކި ދައުވާތައް ކޮށްފައިވޭ

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށް, 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 9 މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނީ، 31 ޖަނަވަރީ 2020 ފެށިގެން ހަތެއް ފެބްރުވަރީ 2020 އާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯރސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވަރކެއްގެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި، ހައްޔަރު ކުރި ފަރާތްތަކުގެ މައްޗަށް ދައުލަތަށް ގިނަ ޢަދަދެއްގެ ފައިސާ ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި ދަޢުވާ ކޮށްފައެވެ.

މީގެއިތުރުން، މިމައްސަލާގައި ހިމެނޭ، ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި، ހަމަ އެރަށު ގުލޭނޫރެންމާގެ އަލީ ޒުބައިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި، ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ހުށައަޅާފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އެދެމީހުންގެ އިތުރުން އެރަށު އިރުމަތީގެ އަޙްމަދު ސުނައިނުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ޖަދުވަލު އެކެއް ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އަދި ހޯނޑެއްދޫ މެޑްރިޓްހައުސް އަޙްމަދު ގިޔާސްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން މއ. ވައިލެޓްމާގެ އަސްލަމް ނާޒިމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އާއި ލ. ކަލައިދޫ، މަތަރަސްމާގެ ހުސައިން ޒަހީންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އަދި މ. ދާރުލްގަރާރު އިސްމާއީލް ވިޝާލްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާކުރުމަށް ހުށައަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެއިތުރުން، ޅ. ނައިފަރު، މިސްކިތްދޮށުގެ އަޙްމަދު އިމްސާހުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށް ހުށައަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުހުމަތުކުރެވޭ 1،535،110 (އެއް މިލިއަން ފަސްލައްކަ ތިރީސް ފަސްހާސް އެއްސަތޭކަ ދިހައެއް) ދިވެހި ރުފިޔާ އާއި 146،731 (އެއްސަތޭކަ ސާޅީސް ހަހާސް ހަތްސަތޭކަ ތިރީސް އެކެއް) ޔޫއެސް ޑޮލަރު، ޖުމްލަ 3،797،702 (ތިން މިލިއަން ހަތްލައްކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދޭއް) ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 158 ވަނަ މާއްދާގެ (ހ) ދަށުން އެދިފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
38%
0%
63%
0%
0%
ކޮމެންޓް