އަންގާރަ 07 އޭޕުރިލް 2020
13 ރޭވަ
1441 ޝައުބާން 14
ފަތިސް 04:50
އިރުއަރާ 06:02
މެންދުރު 12:12
އަސްރު 15:15
މަޣްރިބް 18:15
އިޝާ 19:27
ރާއްޖެ - ސްޓެލްކޯ

ހިއްމަފުއްޓާއި ތުލުސްދޫގައި ނަރުދަމާގެ ޚިދުމަތް ޚިދުމަތް ދޭން ފަށާފައިނުވާތީ ސްޓެލްކޯ ޖޫރިމަނާކޮށްފި

  • ޖޫރިމަނާކުރީ މިމަހުގެ 23 ގައި
  • ޖޫރިމަނާއަށް 5000 ރުފިޔާ ދައްކަން ޖެހޭ
  • ލައިސަންސަށް އެދި ހުށަހަޅަނީ އެ ނިޒާމަކާއި ހަވާލުވެ، ހިންގާ ބެލެހެއްޓުމަށް ތައްޔާރުވުމަށްފަހު

އަމްނާ އިމާދު
amnabinthimad

ކ. މާލެ | 27 ފެބްރުއަރީ 2020 | ބުރާސްފަތި 18:34 | 3,538

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް - ރައީސް އޮފީސް

ކ. ހިންމަފުށި އަދި ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދޭން ފަށާފައިނުވާތީ އެކުންފުނި ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ހިންމަފުށި އަދި ތުލުސްދޫގައި ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އޮޕަރޭޓިންގ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުންތަކާއި އެކު އެއެޖެންސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ދެ ރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އެއާއި ގުޅުން ހުރި އާންމު ނަރުދަމާގެ ހިދުމަތްތައް ދިނުމާއިއެކު ލައިސަންސްގެ ޓަރމްތަކާއި ކޮންޑިޝަންތަކަށް އަމަލުކުރުމަށް ޝަރުތުކޮށް 2019 ނޮވެންބަރު 13 ވަނަ ދުވަހު ތުލުސްދޫއަށް އަދި 2019 ޑިސެންބަރު 02 ވަނަ ދުވަހު ހިންމަފުއްޓަށް އޮޕަރޭޓިންގ ލައިސަންސް ދޫކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ އޮޕަރޭޓިންގ ލައިސަންސަށް އެދޭ ފަރާތްތަކުން އޮޕަރޭޓިންގ ލައިސަންސަށް އެދި ހުށަހަޅަނީ އެ ނިޒާމަކާއި ހަވާލުވެ، ހިންގާ ބެލެހެއްޓުމަށް ތައްޔާރުވުމަށްފަހުގައި ކަމަށްވާތީ އޮޕަރޭޓިންގ ލައިސަންސް ލިބުމަށްފަހު އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ޓަރމްތަކާއި ކޮންޑިޝަންތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން ލައިސަންސްގެ މުއްދަތުގެ ތެރޭގައި އެ ނިޒާމެއްގެ ހިދުމަތްތަކާއި އެ ނިޒާމާއި ގުޅިފައިވާ އެންމެހާ ފެސިލިޓީތައް އެންމެ އެކަށީގެންވާ ގޮތުގައި އޮޕަރޭޓްކޮށް މެއިންޓެއިންކުރުމަކީ ލައިސަންސްގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ލިބިފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ނަމަވެސް މިއަދާއި ހަމައަށް ސްޓެލްކޯއިން މި ދެ ރަށުގައިވެސް ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން މިދެރަށުގައި އާންމު ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސްތަކުގެ ދަށުން ކޮންމެހެން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިނުވާކަމަށް ކަނޑައަޅާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި އާންމު ބޭނުންތަކުގެ ހިދުމަތްތަކާއި ބެހޭ ގާނޫނުގެ ދަށުން 5000 (ފަސްހާސް) ދިވެހި ރުފިޔާއިން ސްޓެލްކޯ މިމަހުގެ 23 ވަނަ ދުވަހު ޖޫރިމަނާކުރެވިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.