ބުރާސްފަތި 02 އޭޕުރިލް 2020
08 ރޭވަ
1441 ޝައުބާން 09
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:14
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ލޯބިވެވިއްޖެ

ސީޒަންގެ ''ލޯބިވެވިއްޖެ''ގެ ޝޫޓިން ލަންކާގައި ކުރިޔަށް

  • ފިލްމު މަންޒަރުތައް މީގެ ކުރިން ތިނަދޫގައި ވަނީ ޝޫޓްކޮށްފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 8 ފެބުރުއަރީ 2020 | ހޮނިހިރު 15:49 2,572

ލޯބިވެވިއްޖެގެ ފިލްމުގެ ޝޫޓިންގެ ތެރެއިން - ފޭސްބުކް

އަލީ ސީޒަންގެ ''އެސް ޕްރޮޑަކްޝަން'' އިން ހަދާ ފިލްމު ''ލޯބިވެވިއްޖެ'' ގެ މަންޒަރުތައް ލަންކާގައި ޝޫޓްކުރަން ފަށައިފިއެވެ.

ފިލްމާއި ބެހޭ ގޮތުން މީގެ ކުރިން ރާއްޖެ.އެމްވީ އަށް މަޢުލޫމާތު ދެމުން ސީޒަން ބުނީ، ފިލްމުގެ 50 އިންސައްތަ ޝޫޓްކޮށްފައިވަނީ ތިނަދޫގައި ކަމަށެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫ ބަނދަރުގެ އެ ރަށުގެ ހިތްގައިމު ތަންތަނުގައެވެ. ސީޒަން ބުނީ، ފިލްމުގެ ފުރަތަމަ ލަވަ ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާ ކަމަށެވެ. އެކަމަކު ބެލުންތެރިންނާ ހަމަޔަށް ލަވަ ދޫކޮށްލާނެ ތާރިޚެއް ސީދާ އޭނާއެއް ނުބެނެއެވެ. ފިލްމުގެ ލަވަ ކިޔާފައިވަނީ އަޝްފާ އާއި މުމްތާޒް އެވެ. ލިރިކްސް ހަދާ ދީފައިވައި ވަނީ ތޭރަވާއެވެ.

ފިލްމުގެ ސްކްރީންޕްލޭ ސްކްރީން ރައިޓަރ ޒަރީރު ލިޔެފައިވާއިރު، ފިލްމު ކެމެރާކުރަނީ އަހުމަދު މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރަނީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

މި ފިލްމު ޕްރޮޑިއުރަސަރުންނަކީ ސީޒަންގެ އަންހެނުން އައިމިނަތު ޝާނަޒްގެ އިތުރުން ޝާނިޒް އަލީ އެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޢައްޒަ، ޢަލީ ޢާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހީމް، ނިޝާ (ނިޝޮކް) އަދި އަޙްމަދު އީސަ (އާނަންދު) ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް