ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 22:50
ފާއިތުވި މަސްތަކުގައި އިސްރޭލާއި ފަލަސްތީނާ ދެމެދު އަންނަނީ ހަމަލާތައް ބަދަލުކުރަމުން
ފާއިތުވި މަސްތަކުގައި އިސްރޭލާއި ފަލަސްތީނާ ދެމެދު އަންނަނީ ހަމަލާތައް ބަދަލުކުރަމުން
އަލްޖަޒީރާ
ފަލަސްތީން -އިސްރޭލް
ޣައްޒާއިން އިސްރޭލަށް މޯޓަރ ބަޑީގެ ހަމާލަތަކެއް ދީފި
 
ހުކުރު ދުވަހު އިސްރޭލުންވަނީ ހަމާސްގެ ތަންތަނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައި
 
އިސްރޭލުން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހަމަލާތައް ދިފާޢުކުރުމަށް އިސްރޭލުގެ ދިފާޢީ ބާރުން މަސައްކަތްކޮށްފައިވާ ކަމަށް

ޣައްޒާއިން އިސްރޭލަށް މޯޓަރު ބަޑީގެ ހަމަލާތަކެއް ދީފި އެވެ.

މިހަމަލާތައް ދީފައިމިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ޕްލޭން އެކުލަވާލާ ހާމަކުރައްވާފައި ވަނިކޮށެވެ. އިސްރޭލުން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހަމަލާތައް ދިފާޢުކުރުމަށް އިސްރޭލުގެ ދިފާޢީ ބާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ހުކުރު ދުވަހު އިސްރޭލުންވަނީ ހަމާސްގެ ތަންތަނަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. މިހަމަލާތައް ދީފައިވަނީ ފަލަސްތީނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލުމާއި ގުޅިގެެންނެވެ.

ހަމާސްއިން ބުނެފައިވަނީ އިސްރޭލުން ހަމާސްގެ ތަންތަނަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތައް ދީފައިވާކަމަށެވެ. ނަމަވެސް ހަމާސްއިން ބުނެފައިވަނީ އިސްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާކަމަށެވެ.

ފަލަސްތީނުގެ އިން ކަނޑައެޅުމަށް ފަހު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުށަހަޅުއްވާފަ އެވެ.

ރައީސް ޓްރަމްޕްގެ މި ނިންމެވުމާއިއެކު އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ބިމަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަންނާނެއެވެ. އަދި ފަލަސްތީނުގެ ވެރި ރަަށެއްގެ ގޮތުގައި އިރުމަތީ ގުދުސް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.

ޓްރަމްޕްގެ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގައިވާގޮތުން، މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމުގައިވާ މަސްޖިދުލް އަގްސާ ހިމެނެނީ އިޒްރޭލުގެ އިމުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
0%
0%
88%
0%
0%
ކޮމެންޓް