ކ. މާލެ
|
29 ޖެނުއަރީ 2020 | ބުދަ 11:48
ފަރިތަކުރުންތަކުގައި ގޯމޭޒް ބައިވެރިވަނީ
ފަރިތަކުރުންތަކުގައި ގޯމޭޒް ބައިވެރިވަނީ
ޓްވިޓަރ
އެވަޓަން
ގޯމޭޒް އެނބުރި ފަރިތަކުރުންތަކަށް
 
އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވަނީ އިއްޔެ
 
ގޯމޭޒްގެ ފައި ބިންދައިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި

ލިބުނު ސީރިއަސް އަނިޔާއަށްފަހު ޕޯޗުގަލްގެ މިޑްފީލްޑަރު އަންޑްރޭ ގޯމޭޒް އެވަޓަންގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ގޯމޭޒްގެ ފައި ބިންދައިގެން ގޮސްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އަހަރަުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ޓޮޓެންހަމާއި 1-1 އިން އެވަޓަން އެއްވަރުވި މެޗުގައެެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު އެ މެޗުގައި ގޯމޭޒްގެ ފައި ބިންދައިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައި ގޯމޭޒް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ސޮން ހުއެން މިން ފަހަތުން ކުރި ނުރައްކާތެރި ޓެކުލަކާއި ގުޅިގެންނެވެ. ސޮން ކުރި ފައުލާއި ގުޅިގެން ރެފްރީ މާޓިން އަޓްކިންސަން ވީއޭއާރް ބެލުމަށްފަހު އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކި ނަމަވެސް، އޭނާ ދަނޑުން ފޭބީ ރޮމުންނެވެ. އަދި ވަނީ މެޗަށްފަހު ގޯމޭޒްގެ ކިބައިން މައާފަށްވެސް އެދިފައެވެ.

އެ އަނިޔާއަށްފަހު އިއްޔެ އޮތް އެވަޓަންގެ ފަރިތަކުރުންތަކުގައި ގޮމޭޒް ބައިވެރިވަން ފެށި ނަމަވެސް، އޭނާއަށް އަދި މެޗެއް ކުޅެވޭނެ ދުވަހެއް ނޭނގެއެވެ.

ގޯމޭޒް ބުނީ އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވަން ފެށުމަކީވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ވީ އެންމެ އަވަހަކަށް ފިޓްވެ އަލުން ކުޅުމުގެ ތެރެއަށް އަންނަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާއަށް މީގެކުރިން ކުޅުނު ގޯމޭޒް އެންމެ ފުރަތަމަ އެވަޓަންއަށް ބަދަލުވީ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު މި ސީޒަނަށް އޭނާ ވަނީ އެވަޓަންއާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. އަދި މިހާތަނަށް އޭނާ ވަނީ އެވަޓަނަށް 35 މެޗު ކުޅެދީފައެވެ.

މާކޯ ސިލްވާގެ އިރުޝާދުގެ ދަށުން ކުޅެނިކޮށް ގޯމޭޒްއަށް އަނިޔާވިއިރު، މިހާރު އެވަޓަންގެ ކޯޗަކީ ތަޖުރިބާކާރު ކޮޗު ކާލޯ އެންޗެލޯޓީ އެވެ. އަދި ލީގު ތާވަލުގައި އެވަޓަން މިހާރު އޮތީ 12 ވަނައިގައި 30 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި