ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ފަލަ ސުރުޚީ

ބިދޭސީންނަށްވެސް ވެކްސިން ދޭން ފަށަނީ

  • ދަފްތަރުގައި 18 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރުފުރާގެ ބައެއް ފަރާތްތަކަށް ޑޯޒް ފުރިހަމަ ނުވާކަމަށް ވިދާޅުވި
  • މި ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިންނާއި ބިދޭސީންނާއި އެއްކޮށްކަމަށް ވިދާޅުވި
  • ކުރިއަށް އޮތް ދިހަވަރަކަށް ދުވަސްތެރޭގައި ވެކްސިން ލިބޭނެކަމަށް ވިދާޅުވި

ކ. މާލެ | 24 ޖެނުއަރީ 2020 | ހުކުރު 08:54 | 3,577

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންތަކެއް - ޓްވިޓަރ

ހިމަބިހި ނުވަތަ މީސްލްސް އީން ރައްކައުތެރިވުމަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ވެކްސިންދޭން ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހިމަބިހި ނައްތާލުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ އެންމެފަހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ހިއްސާކުރައްވަމުން ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހަސަން ޝިޔާމް ވިދާޅުވީ ހިމަބިއްސައް ވެކްސިން ނުޖަހާ މީހުންގެ ދަފްތަރުގައި 18 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރުފުރާގެ ބައެއް ފަރާތްތަކަށް ޑޯޒް ފުރިހަމަ ނުވާކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ޑޯޒް ފުރިހަމަކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މި ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިންނާއި ބިދޭސީންނާއި އެއްކޮށްކަމަށެވެ. އަދި މީސްލްސް އާއި ކްރޯނާ ވައިރައިސް އާއި ގުޅޭ މައުލޫމަތު ބިދޭސީންނަށް ދިނުމަށްޓަކައި އެމީހުންގެ ބަހުން ތަރުޖަމާކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގައި އަޅުގަނޑުމެން ބިދޭސީންނަށާއި ދޭސީންނަށާއި ދެބައިމީހުން އެއްކޮށް ކުރިއަށް ގެންދާގޮތަށް މިއޮތީ. އަދި ޚާއްސަކޮށް ބޭރުމީހުންނަށް ދޭންޖެހޭ މައުލޫމާތުތައް ދިނުމުގައި އެމީހުންގެ ބަހަށް މައުލޫމާތުތައް ޓްރާންސްލޭޓްކޮށްގެންވެސް މިނިސްޓްރީން މިދަނީ އެމަސައްކަތްތައް ކުރެވެވުން. މި ގުޅުންހުރި މައުލޫމާތުތައް ހިއްސާކުރުމަށްޓަކައި. އެއީ ވަރަށް މުހިއްމުކަމެއް ބޭރުމީހުންނަށް މި މައުލޫމާތު އިނގޭބަހުން ހިއްސާކުރުމަށް އަދި ޚާއްސަކޮށް ކްރޯނާ ވައިރަސްވެސް މީސްލްސްވެސް.

~ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހަސަން ޝިޔާމް

ޝިޔާމް ވިދާޅުވީ ގައުމީ ކެމްޕޭން ފެށުމަށް ބޭނުންވާ ވެކްސިން ކުރިއަށް އޮތް ދިހަވަރަކަށް ދުވަސްތެރޭގައި ލިބިގެންދާނެ ކަމަށެވެ.

ދިވެހިރާއްޖެއިން ހިމަބިހި ބަލި ފެނުމާއިގުޅިގެން އިތުރަށް މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން 30،000 މީސްލްސް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ވެކްސިން ހަވާލުކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރެއެވެ. އަދި ރާއްޖޭގެ ފަރާތުން ވެކްސިންއާއި ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ދިވެހި ސަރުކާރުން އެދުނު އެދުމަށް އިންޑިޔާގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެހީތެރިކަން ކުރުމުއްދަތެއްގައި ފޯރުކޮށްދެއްވުމަކީ، އިންޑިޔާއިން ރާއްޖެއާ އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރައްވާ، ޞިއްޙީ ދާއިރާއަށް އިންޑިޔާ ސަރުކާރުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ހިމަބިއްސާއި ކޮރޯނާވައިރަސް އަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ހިމަބިހީގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތައް އަދިވެސް ތިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ވެކްސިންގެ ދެޑޯޒް ހަމަކުރެއްވުމަށް އެދިވަޑައިގަންފަ އެވެ.

ރާއްޖެއަށް ވެކްސިން ގެނެސްފައިވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ސީރަމް އިންސްޓްޓިއުޓުންނެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފަށް ވެސް ވެކްސިން ފޯރުކޮށްދޭ އިންސްޓިޓިއުޓެވެ.

އިންޑިއާއިން 30،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީން މިހާރު އަންނަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯއާ ގުޅިގެން 200،000 ވެކްސިން ޑޯޒް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.