ކ. މާލެ
|
20 ޖެނުއަރީ 2020 | ހޯމަ 09:13
ވިލިމާލެ ސަރަހައްދުގެ ފަޅުތެރެ
ވިލިމާލެ ސަރަހައްދުގެ ފަޅުތެރެ
ސަން އޮންލައިން
ބްރިޖުގެ މަސައްކަތް
ވިލިމާލެ ސަރަހައްދުގައި ގާއިމުކުރެވޭ ބްރިޖްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ!
 
ފެބްރުއަރީ މަސްތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ
 
މިހާރު ކުރިއަށްދަނީ ތިލަފުށީގެ ފަޅުތެރެއިން ބްރިޖް ފެށޭ ހިސާބާއި، މަގުތަކުގެ ޑިޒައިނިންގެ މަސައްކަތް
 
މިއީ މިސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖު ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްވަމުން ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު (އިބޫ) ވިދާޅުވީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖަކީ މިސަރުކާރުން ކުރިއަށް ގެންދާނެ އެންމެ ބޮޑު މަޝްރޫއު ކަމަށާއި، އެމަސައްކަތް ކުރުމުގެ ޖީއެމްއައިޒެޑްއެލްއަކީ ސަޕޯޓު ފެސިލިޓީއެއް ކަމަށެވެ.

އެގޮތުން ބްރިޖުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، ސަރވޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ތިލަފުށީގެ ފަޅުތެރެއިން ބްރިޖް ފެށޭ ހިސާބާއި، އަދި ބްރިޖާއި ގުޅޭ މަގުތައް ހެދުމުގެ ޑިޒައިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. މިމަސައްކަތުގައި އިސްދައުރެއް އަދާކުރަނީ ޕްލޭނިން މިނިސްޓްރީކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ޖީއެމްއައިޒެޑްއެލްގެ އިންޖިނިއަރުންނާއި، ޑިޒައިނަރުން ވެސް މިމަސައްކަތުގައި އިސްދައުރެއް އަދާކުރާ ކަމަށާއި، ގިނަ ބައެއްގެ އެއްބާރުމާލުއި އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އަދި ކަމާގުޅުން ހުރި ބޭފުޅުންގެ އެއްބާރުލުމާއި، މަޝްވަރާ ތެރެއިން ކުރެވޭ މަސައްކަތްތައް ފުރިހަމަކަން އިތުރުވާނެކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މިފަސް އަހަރުގެ ތެރޭގައި ގްރޭޓަރ މާލެ ޞަރަޙައްދަށް ބޮޑު ބަދަލެއް އަންނާނެކަން ފާހަގަކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ޖީއެމްއައިޒެޑްއެލްއިން ޖެނުއަރީ މަސް ނިމުމުގެ ކުރިން ގުޅީފަޅުގައި އެމަސައްކަތަށް ބިން ހިއްކުމަށް އަންނަ ޓީމު ތިބޭނެ ތަނެއްގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

24 އަކަށް އެޕާޓްމެންޓް އެބަ ބޭނުންވޭ ގުޅީފަޅުގައި ތައްޔާރުކުރަން އަޅުގަނޑުމެން މިޖެނުއަރީ މަސް ނިމުމުގެ ކުރިން. އެމަސައްކަތް އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް. އަޅުގަނޑުމެންނަށް 24 އެޕާޓްމެންޓް ސީދާ މިމަހުގެ ނިޔަލަށް ނިންމާ ނުލެވުނު ކަމުގައި ވީނަމަވެސް ކޮންމެވެސް އެހެން އެރޭޖްމެންޓެއްގެ ތެރެއިން ނިންމާފަ ހުރި އެޕާޓްމެންޓްގެ ތެރެއިން ބޭނުންކޮށްގެން ނަމަވެސް އެމަސައްކަތް ކުރަން ތިބެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނަން މިމަސް ތެރޭގައި.
ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގ ޑިރެކްޓަރ ރަޝީދު

އިބޫ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުވެގެން ދިއުމާއެކު މާލޭގެ ތޮއްޖެހުމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެ ކަމަށާއި، އެޞަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުއެއް ލިބޭނެ ކަމަށެވެ. އަދި އުތުރުފަރާތުގެ މޫދު ފެންނާނެހެން ހިއްގައިމު ޞަރަޙައްދެއް ޢާންމު ރައްޔިތުންނަށް ލިބޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ވިލިމާލޭ ޞަރަޙައްދުގައި ޤާއިމުކުރެވޭ ބްރިޖުތަކަށް ފަންޑު ހޯދުމަށް މިދިޔަ ސެޕްޓެންބަރުމަހުގެ ތެރޭގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ޔޫއޭއީގައި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމެންޓް (އޭއެފްއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީ އާއި ބައްދަލު ކުރައްވާފައެވެ. އަދި އެ ދެ މަޝްރޫއަށް ފައިސާ ހޯއްދަވަން ޝާހިދު ވަނީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލްގެ އަރިހުން ވެސް އެދިވަޑައިގެންފައެވެ.

ބްރިޖުގެ މިމަސައްކަތަށް ފައިސާ ހަމަޖެހުނު ކަމެއް ނުވަތަ ހަމަނުޖެހޭކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިމަ ޝްރޫޢަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ބްރިޖުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
59%
1%
3%
25%
6%
ކޮމެންޓް
20 ޖެނުއަރީ 2020 | ހޯމަ 19:56
ާބޯ ހަލާކު
ޞާވޭކޮއް ނިމިފައޮތްވާ ހަކަވެސް ކުރިންބުނި އޮޅުވާނުލާ
20 ޖެނުއަރީ 2020 | ހޯމަ 12:47
ރ.ވާދޫ ކުޑަކުއްޖަކާބެހުނު މައްސަލަ ހިންދާލި އަލީ
ރައްޔިތުންގެ ބޮލަށް ޗިޕުޖަހައިގެން ވޯޓު އޮޅުވާލައިގެން ވެރިކަން ފޭރިގަތް ސަރުކާރުގެ ޕްރޮޖެކްޓެއްނޫންތީ. ތީ ރައީސް ޔާމީނުގެ ސަރުކާރުގަ ކުރަން ރާވާފަ ހުރިހާކަމެއް ޕްލޭންކޮށް ނިމިފައޮތް ޕްރޮޖެކްޓެއް. ރައްޔިތުންނަށް އޮޅުވާލުމާ މަކަރުން އަދިވެސް މާ ކަންކަން ވާބަޔަކަށްވެގެން ގޮތްދެއްކުމުގަ.
20 ޖެނުއަރީ 2020 | ހޯމަ 11:49
ހަބީބު.
ތިޔައްވުރެ ކުރިންކުރަން ހުރިކަންކަން އެބަހުރި މިހާރުވެސް އެއާޕޯޓު ހުރި ރައްރަށުގަ ނުހުރޭ ސްކޭން ކުރެވޭނެ ގޮތެއް ލަގެޖު ގެނެސް އަޅަނީ މަސް އަށިގަނޑެއް ކަހަލަ ތާކައް ފުލައިޓު ގަނޑެއް ނޯވޭ މޯލްޑިވިއަން އެހާކަޑަ ވީމާ މިކަހަލަ ކަންކަން ފުރަތަމަ ކޮއްބަލަ ކޮބާ ޓާޝެރީ ހޮސްޕިޓާތައް ބަލި ފެތުރޭ މޫސުމެއްގަ ނޯވޭ ޕުރައިވެޓް ކޮޓަރިގަނޑެއް ލިބެން އަދިވެސް ބުރިޖެއްތޯ މުހިންމީ
20 ޖެނުއަރީ 2020 | ހޯމަ 10:02
ޑިމޮކްރަސީ
ހައުސިންގ މިނިސްޓްރީން ކުރާކަމެއްވިއްޔާ ވަރަށްބާރަށް ކުރިއަށްދާނެ ލޮލަށް ނުފެންނާނި
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި