ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 19:27
12 ކުދިން ތާށިވި ތައިލެންޑް ހޮހޮޅައިގައި ސިފައިންގެ މީހަކު ހަރަކާތްތެެރިވަނީ
12 ކުދިން ތާށިވި ތައިލެންޑް ހޮހޮޅައިގައި ސިފައިންގެ މީހަކު ހަރަކާތްތެެރިވަނީ
އޭބީސީ ނިއުސް
ތައިލެންޑް
ތައިލެންޑު ހޮހަޅައިން ކުދިން ސަލާމަތްކުރަނިކޮށް އިންފެކްޝަން ޖެހުނު ސިފައިންގެ މީހާ މަރުވެއްޖެ
 
ސިފައިންގެ މީހާ މަރުވީ އިއްޔެގެ ވަގުތެއްގައި

މިދިޔަ އަހަރުގެ ޖޫން މަހު ތައިލޭންޑުގަ 12 ކުއްޖަކާއި, އެކުދިންގެ ފުޓުބޯޅަ ކޯޗު ހޮހޮޅައެއްގައި ތާށިވި ޙާދިޘާގަ ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި އެ ޤައުމުގެ ކަނޑުގެ ސިފައިންގެ އޮފިސަރަކު އިންފެކްޝަނެއްގެ ސަބަބުން މަރުވެއްޖެއެވެ.

12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. ތައިލެންޑްގެ ރޯޔަލް ނޭވީން ބުނެފައިވަނީ ޕެޓީ އޮފިސަރު ބެއިރެތު ޕަކުބަރާ އިއްޔެ މަރުވީ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެނާއަށް ޖެހުނު ލޭގެ އިންފެކްޝަނަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. އަދި އިއްޔެ އޭނާގެ ޖަނާޒާ ބޭއްވުމަށް ފަހު ވަޅުލާފައިވާ ކަމަށެވެ.

ކުދިން ސަލާމަތް ކުރުމުގައި ސިފައިންގެ މީހާއަށް އިންފެކްޝަން ޖެހި ފާއިތުވި އަހަރުގެ ތެރޭގައި އޭނާ ދިޔައީ އެ އިންފެކްޝަނަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ އިތުރުން ކުދިން ސަލާމަތްކުރުމުގެ ތެރޭގަ އެހެން އޮފިސަރަކުވެސް ވަނީ މަރުވެފައެވެ.

ހޮހޮޅައިގައި ތާށިވި ކުދިންގެ ތެރޭގައި ހިމެނެނީ 11 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނެވެ. އަދި އެކުދިންގެ 25 އަހަރުގެ ކޯޗުވެސް ހިމެނެއެވެ. އެމީހުން ހޮހޮޅައިގައި ތާށިވީ ހޮހޮޅައަށް ވަދެ ތިއްބާ މޫސުން ގޯސްވެ ހޮހޮޅައިގެ ތެރެއަށް ފެންވަދެ ނުކުންނަން އޮންނަ މަގު ބަންދުވުމާއި ގުޅިގެންނެވެ.

މުޅި ދުނިޔޭގެ ސަމާލުކަމަށް އައި މި ޙާދިޘާގައި އެކުދިން ފެނުނީ ހޮހޮޅައިގައި ތާށިވިތާ ނުވަ ދުވަސް ފަހުންނެވެ. އޭގެ ފަހުން 90 އަށްވުރެ ގިނަ ޑައިވަރުން ހިމެނޭ ޓީމަކުން އެކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި ހުރިހާ ކުދިންނާއި ކޯޗު ހޮހޮޅައިން ނެރެ ނިމުނީ އޭގެ ދެ ދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް