ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 19:04
ކަޒިކިސްތާން ފްލައިޓް ވެއްޓުން ސަރަހައްދު
ކަޒިކިސްތާން ފްލައިޓް ވެއްޓުން ސަރަހައްދު
ސީއެންއޭ
ކަޒިކިސްތާން
ކަޒިކިސްތާނުގައި މަތިންދާ ބޯޓެއް ވެއްޓި 14 މީހުން މަރުވެއްޖެ
 
ކަޒިކިސްތާނު ސަރުކާރުން ވަނީ ހާދިޝާ ހިގަންމެދުވެރިވި ސަބަބު ބަލަން ހާއްސަ ކޮމިޝަނެއް އުފައްދައިފަ
 
މަރުވި މީހުންގެ ތެރޭގައި 6 ކުޑަކުދިން ހިމެނޭ

ކަޒިކިސްތާނުގެ އަލްމަޓީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް މަތިންދާ ބޯޓެއްވެއްޓި 14 މީހުން މަރުވެއްޖެއެވެ.

ކަޒިކިސްތާނުގެ ސިވިލް އޭވިއޭޝަނުން ބުނީ އެގައުމުގެ އެއާލައިންއެއް ކަމަށްވާ ބެކް އެއާގެ އެ ބޯޓު ވެއްޓުނީ އެގައުމުގެ ސިޓީއެއް ކަމަށްވާ އަލްމަޓީއިން ވެރިރަށް އާސްތާނާއަށް ދަރުކުރަމުންދަނިކޮށް ކަމަށާއި އެ ބޯޓު އުދުއްސާލިތާ މާގިނައިރުތަކެއްނުވެ ވެއްޓިފައިވާ ކަމަށެވެ.

މީގެއިތުރުން ކަޒިކިސްތާނުގެ ސިވިލް އޭވިއޭޝަނުން ބުނީ ބޯޓު ވެއްޓުނުއިރު ބޯޓުގައިތިބީ 100 މީހުން ކަމަށާއި އޭގެތެރެއިން 14 މީހުން މަރުވެ 60 އަށްވުރެ، ގިނަ މީހުންއަށް އަނިޔާވެފައިވާކަމަށެވެ. މަރުވި މީހުންގެ ތެރޭގައި 6 ކުޑަކުދިން ހިމެނޭއިރު އަނިޔާވި މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ކަޒިކިސްތާނު ސަރުކާރުން ވަނީ ހާދިޝާ ހިގަންމެދުވެރިވި ސަބަބު ބަލަން ހާއްސަ ކޮމިޝަނެއް އުފައްދައިފައެވެ. އަދި ކަޒިކިސްތާނު ސަރުކާރުން ވަނީ ހާދިޝާ ހިގަން މެދުވެރިވި ސަބަބު ބަލާ އިހުމާލުވެފައިވާނަމަ އެފަރާތަކަށް ފިޔަވަޅު އަޅާނެކަމަށެވެ.

ކަޒަކިސްތާނުގެ ބެކް އެއާލައިނަށް ނިސްބަތްވާ މި ބޯޓު ވެއްޓުނު ސަރަޙައްދުގައި އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، ފްލައިޓު ވެއްޓުނު ސަރަޙައްދުގައި އަލިފާނުގެ އަސަރެއް ނެތް ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި