ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 17:12
މިނިސްޓަރު އިމްރާން، ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
މިނިސްޓަރު އިމްރާން، ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވާނަން: ތުރުކީގެ އިންޓީރިއަރ މިނިސްޓަރު
 
ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި
 
ފުލުހުންގެ ޚިދުމަތަށް އިތުބާރު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރޭ
 
ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިވާނެ ކަމަށް ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ސޮއިލޫއާ ވިދާޅުވެއްޖެއެވެ.

ތުރުކީ ހޯމް މިނިސްޓަރު މިހެން ވިދާޅުވީ މިނިސްޓަރު އިމްރާން އަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ހޯމް މިނިސްޓްރީން ބުނީ ދެބޭފުޅުންގެ މަޝްވަރާތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް މިނިސްޓަރު ސުލޭމާން ވިދާޅުވި ކަމަށެވެ. ހޯމް މިނިސްޓްރީން ބުނީ ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްގީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވި ކަމަށާއި، ޚާއްސަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި، މިހާރު އެޅިފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، އެމަސައްކަތުގެ ދަށުން ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުންދާކަން މިބައްދަލުވުމުގައި މިނިސްޓަރު އިމްރާންގެ ފާހަގަކުރެއްވިއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ތުރުކީގެ ދާޚިލީ ވުޒާރާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރުކީގެ އިންޓީރިއަރ މިނިސްޓަރުކަމާ ސުލޭމާން ޞޮއިލޫ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ސުލޭމާން ޞޮއިލޫއަކީ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ޑެޕިއުޓީ ޗެއަރމަންވެސްމެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަން ވެސް ސުލޭމާން ޞޮއިލޫ ކުރެއްވިއެވެ. 1999 ން 2002 އަށް އިސްތަންބޫލް ޕްރޮވިންސްގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
33%
0%
0%
33%
0%
ކޮމެންޓް