އަންގާރަ 10 ޑިސެންބަރު 2019
01 މުލަ
1441 ރަބީޢުލްއާޚިރު 13
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14
ރާއްޖެ - ދަނޑުވެރިކަން

ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ކުންފުންޏެއް އުފައްދަނީ

  • މިނިސްޓަރ ވިދާޅުވީ މިކުންފުނިން ކަލެކްޝަންސް ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް

އާއިޝަތު ޝިއުރާ
@schewra

ކ. މާލެ 15 ނޮވެންބަރު 2019 | ހުކުރު 01:11 3,093

މާރުކޭޓްގައި ތަކެތި ވިއްކަނީ - ޝުއައިބް މުހައްމަދު އިގްބާލް

ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ކުންފުންޏެއް އެކުލަވާލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ފިޝަރީޒް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވޭތީ ދަނޑުވެރިންނަށް އެކަމުން ރަނގަޅު މަންފާ އެއް ލިބިގެން ނުދާކަމަށެވެ. އެހެންކަމުން އެކަމަށް މަގުފަހިކުރުމަށްޓަކައި ކުންފުންޏެއް އުފައްދަވަން މަސައްކަތް ކުރައްވާކަމަށާއި އެކަމަށްޓަކާ އިންޓަނޭޝަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއެކު ޕްރޮޖެކްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކުންފުނީގައި ބަލާނެ އެއް ކަމަކީ ކަލެކްޝަންސް ސެންޓަރުތަކެއް ހެދޭނެ. ކަނެކްޓިވިޓީ މީގައި މިއަންނަނީ. ޓްރާންސްޕޯޓް ނެޓްވޯރކް އަންނައިރު އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ގުޅި މީހުން އުފެއްދޭ އެއްޗެހި ބާޒާރަށް ނެރި އޭގެން ރަނގަޅު މަންފާއެއް ލިބުން އެއީ މީގެ ބޭނުމަކީ

~ މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ މިނިޒާމުގެ ތެރެއިން އުފެއްދޭ ހުރިހާ އެއްޗެއްވެސް ކާން ބޭނުންކުރެވޭ ކެމިކަލާ ދުރު އެއްޗަކަށް ހެދުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން ޕެސްޓިސައިޑް ބިލަކީ އެކަން ކަށަވަރު ކުރާ ބިލެއްކަމަށް ޒަހާ ވިދާޅުވި އެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި "ގްރޯން އިން މޯލްޑިވްސް" ގެ ނަމުގައި ޚާއްޞަ ޕްރޮޖެކްޓެއް އެސްޓީއޯ އިން ވަނީ މިދިޔަ އޮކްޓޯބަރ މަހު ފަށާފަ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ޕައިލެޓް މަޝްރޫއުއެއްގެ ގޮތުގައި އެންމެ ފުރަތަމަ ވިއްކަނީ އއ. ތޮއްޑޫގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ނުވިއްކި އޭގެން މަންފާ ނުލިބުމުގެ ޝަކުވާ ދަނޑުވެރިން އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް