އަންގާރަ 10 ޑިސެންބަރު 2019
01 މުލަ
1441 ރަބީޢުލްއާޚިރު 13
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14
ރާއްޖެ - ރައްޔިތުންގެ

ނަޝީދުގެ ދައުވަތު ގަބޫލުކުރައްވާ، އަންނަ ހަފުތާގައި ޝިޔާމް ޑައިވިނަށް

  • ޝިޔާމް ވަނީ 3000 އަށް ވުރެ ގިނަ ޑައިވް ކުރައްވާފައި
  • ވަޑައިގަންނަވާނެ ވަކި ތާރީހެއް ހާމައެއް ނުކުރައްވާ

އަލީ ސަމާޚް
AliSamah8

ކ. މާލެ 14 ނޮވެންބަރު 2019 | ބުރާސްފަތި 23:14 7,287

އަހަރުތަކެއް ކުރިން ޝިޔާމް ޑައިވިން ކުރައްވަނީ (ކ) ކަނޑު އަޑީގެ ކެބިނެޓް ބައްދަލުވުމުގައި ރައީސް ނަޝީދު (ވ) - ރާއްޖެއެމްވީ

ޑައިވިން އަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި ދައުވަތު ޤަބޫލު ކުރައްވާ އެމަނިކުފާނައި އެކު ކަނޑު އަޑީގެ މަޝްވަރާ ތަކަށް ވަޑައިގަތުމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ތައްޔާރުވެވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސާ އެކު ޑައިވީނަށް ވަޑައިގަތުމަށް ޝިޔާމް އަށް ދައުވަތު އަރުވާފައިވަނީ މި މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ހުށައެޅުއްވި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ނުލިބޭ މައްސަލައިގެ ބަހުސްގައި ޝިޔާމް ވަނީ އޭނާ ކުރިން ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ކުރެއްވި މަަސަައްކަތް ކުރު ގޮތަކަށް މަޖިލީހުގައި ބަޔާންކޮށް ދެއްވާފައެވެ. ޝިޔާމްގެ ވާހަކަތަކަށް ފަހު ނަޝީދު ވަނީ، މަޝްވަރާތައް ކުރެއްވުމަށް ޑައިވިން އަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

އެ ދައުވަތާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދުގެ ދައުވަތު ގަބޫލުކުރައްވައި ޑައިވިން އަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ކަމަށެވެ. ޝިޔާމް ވިދާޅުވީ، ކުރިން ހަމަޖައްސާފައިވަނީ މި ހަފުތާގައި ވަޑައިގެންނެވުމަށް ކަމަށެވެ. އެހެން ނަމަވެސް ރޯގާ ޖެހި އާލާސްކަންފުޅާ އުޅުއްވާތީ އަންނަ ހަފުތާގައި ޑައިވިން އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝިޔާމް ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އަހުމަދު ޝިޔާމް

އަށް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޑައިވިން އިންސްޓްރަކްޓެެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޝިޔާމް ވިދާޅުވީ، ވަޑައިގަންނަވާނެ ވަކި ތާރީޚެއް މިހާތަނަށް އަދި ނިންމާފައެއް ނުވެއެވެ.

މަޖިލީހުގެ މެމްބަރަކަށް އިންތިޚާބުވެ ވަޑައިގަތުމުގެ ކުރިން ޝިޔާމް ވަނީ ވާޑު ޕެރެޑައިސް ގައި ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ 3000 އަށް ވުރެ ގިނަ ޑައިވް ކުރައްވާފައެވެ. އޭނާ ވަނީ ޑައިވިންއާ ގުޅުން ހުރި ކޯސްތަކެއްވެސް ފުރިހަމަ ކުރައްވާފައެވެ.

ޝިޔާމް އަށް ޑައިވިން އަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ރައީސް ނަޝީދު ވަނީ މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ކަނޑު އަޑީގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް