އަންގާރަ 12 ނޮވެންބަރު 2019
12 ވިހާ
1441 ރަބީއުލް އައްވަލް 15
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:13
މަޣްރިބް 17:50
އިޝާ 19:05
ކުޅިވަރު - އަކްރަމް އަބްދުލް ގަނީ

ސަޕޯޓަރުންގެ ސަޕޯޓާއެކު ދެ މެޗުވެސް ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް: އަކްރަމް

  • ސަޕޯޓު އިތުރު ކުރުމަށް ކުރާ މަސައްކަތުން ކުޅުންތެރިންނަށް ހިތްވަރު ލިބޭ

ލީވާން އަލީ
MrLeevaan

ކ. މާލެ 4 ނޮވެންބަރު 2019 | ހޯމަ 19:45 2,873

އަކްރަމް އަބްދުލް ގަނީ - އިމޭޖަސް.އެމްވީ

ސަޕޯޓަރުންގެ ސަޕޯޓާއެކު ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފިލިޕިންސް އަދި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ބުނެފިއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އަކްރަމް ބުނީ، ރާއްޖޭގެ ފުޓުބޯޅަ ހީނަރުވެފައި އޮތް ވަގުތެއްގައި އަދި ސަޕޯޓަރުންގެ ސަޕޯޓުވެސް ހީނަރުވެފައި އޮތް ދަނޑިވަޅެއްގައި ސަރުކާރާއި، އެފްއޭއެމް އަދި ރައްޔިތުން ގުޅިގެން ގެއްލިފައި އޮތް ސަޕޯޓު އިތުރު ކުރަން ކުރާ މަސައްކަތުން ކުޅުންތެރިންނަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

އެގޮތުން އަކްރަމް ބުނީ، މެލޭޝިއާގައި ކުރިޔަށްދާ ގައުމީ ޓީމު ކޭމްޕަށްފަހު ކުޅުންތެރިން އެނބުރި ރާއްޖެ ދާއިރު، ގައުމީ ޓީމާމެދު ކުރިން ދެކެމުން އައި އުންމީދުތަކާއެކު ޓީމު ފަހަތުގައި ސަޕޯޓަރުން ތިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އޭނާ ވަނީ ދަނޑަށް ގިނަ ސަޕޯޓަރުން ވަންނަން އެދިފައެވެ.

މީގެއިތުރުން އަކްރަމް ބުނީ، ސޯޝަލް މީޑިއާއިން ފެންނަ ޕޯސްތަކާއި، ވީޑިއޯ ތަކުން ވަރަށް ބޮޑަށް ހިތްވަރެއް ލިބިގެންދާ ކަމަށެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި މި މަހުގެ 14 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕިންސްއާ ދެކޮޅަށެވެ. އެއަށްފަހު މި މަހު 19 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅޭނީ ރާއްޖޭގައެވެ.

ކޮލިފައިންގައި މިހާތަނަށް ރާއްޖެއިން ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި އެއް މެޗު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

ގްރޫޕްގެ އެއްވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓާއެކު ސީރިއާ އޮތްއިރު، ދެވަނައިގައި ތިން މެޗު ހޯދި ހަތް ޕޮއިންޓާއެކު އޮތީ ސީރިއާއެވެ. ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ފިލިޕީންސްއެވެ. ހަތަރުވަނައިގައި ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެން ރާއްޖެ އޮތްއިރު، ހަތަރު މެޗުންވެސް ބަލިވެ ފުލުގައި އޮތީ ގުއާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް