ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
ހަޔަރ އެޑިއުކޭޝަން

ފުރަތަމަ ޑިގްރީ ސްކީމްގައި ދަރިވަރުންގެ އަތަށް ކޯސްފީ ދޭގޮތަށް ހަމަޖައްސަނީ

  • ފައިސާ ދޫކުރުމަށް ރާވާފައި ވަނީ ކޮންމެ ސެމިސްޓަރ އެއްގެ ޕޭމަންޓް ވަކިވަކިން

ކ. މާލެ | 23 އޮކްޓޯބަރ 2019 | ބުދަ 19:26 | 3,997

ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުން - ރައްޔިތުންގެ މަޖިލިސް

ފުރަތަމަ ޑިގްރީ ސްކީމްގައި ދަރިވަރުންގެ އަތަށް ކޯސްފީދޭގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ޙަސަން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް ދަރިވަރުންނަށް ކޯސްފީ ދެމުން އަންނަނީ ޔުނިވަރސިޓީ ނުވަތަ ކޮލެޖަށް ކަމަށާއި ކޮލެޖް ޔުނިވަރސިޓީތަކުން އިންވޮއިސް ނައިސް ލަސްވުމުން ވަރަށް ގިނަ ދަރިވަރުންނަށް ފައިސާ ދިނުން ލަސްވެގެންދާ ކަމަށެވެ.

އަދި އިންވޮއިސް ނެތި ފައިސާ ދޫކުރުމަކީ މާލިއްޔަތު ޤާނޫނުން މަނާކަމެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުޙައްމދު ޞާލިޙުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ދަރިވަރު އޭނާގެ އިނީޝިއަލް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓަކާއި އެކު ހުށަހެޅުމުން ވަގުތުން ފައިސާ ދޫކުރާނެކަމަށެވެ. އެކަމުގެ ސަބަބުން މުޅި ޕްރޮސެސް ވަރަށް ބޮޑަށް ފެސޭހަވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެނަށް އެކުއްޖާގެ ލިޔެކިޔުން ލިބުނީމާ އެކުއްޖާ ކިޔަވާ ތާކަށް އެ އިންވޮއިސް ފޮނުވާށެކޭ ކިޔާފައި އަޅުގަނދުމެންނަށް އަންގާކަށް ނުޖެހޭނެ އަޅުގަނޑުމެން އިންވޮއިސް އަންނަންދެކަ މަޑުކުރާކަށް ނުޖެހޭނެ.އަޅުގަނޑުމެން އެކުއްޖާ އޭނާގެ އިނީޝިއަލް އެޕްލިކޭޝަން ހުރިހާ ޑޮކިއުމެންޓަކާއި އެކު ލުމުން ކުއްޖާއަށް ވަގުތުން ފައިސާ ދޭނަން.މުޅި ޕްރޮސެސް ވަރަށް ބޮޑަށް ފެސޭހަވެގެންދާނެ . ކުއްޖާގެ އަތަށް ވަރަށް އަވަހަށް ފައިސާ އަރާނެ

~ ހަޔަރ އެޑިއުކެޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން

ކިޔެވުމަށް ދޫކުރާ ފައިސާ ކިޔެވުމުގެ ބޭނުންތަކަށް އެކަނި ޚަރަދުކުރުމަށް ބާރުއެޅުމުގެ ގޮތުން މުޅި އަހަރަށް ގަނޑުކޮށް ފައިސާ ދޫކުރުމުގެ ބަދަލުގައި ރިސިޕްޓް ގެނައުމުން ފައިސާ ދޫކުރުމަށް ރާވާފައި ވަނީ ކޮންމެ ސެމިސްޓަރ އެއްގެ ޕޭމަންޓް ވަކިވަކިން ދިނުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އެކަން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަރަށް އަވަހަށް ޝާޢިއު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.