ހުކުރު 15 ނޮވެންބަރު 2019
02 ނޮރަ
1441 ރަބީއުލް އައްވަލް 18
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރާއްޖެ - ވ.ފުލިދޫގެ ކުނިކޮށި

މެންބަރު ފަޒުލް ސުވާލުކުރެއްވީ ނިމިފައި ހުރި ކުނިކޮށްޓަކާއި ގުޅޭގޮތުން!

  • މުޅި ޕްރޮޖެކްޓްގެ އަގަކީ 1.9 މިލިއަން ރުފިޔާ
  • ކައުންސިލާ ކުނިކޮށި ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2019 ގައި
  • ކުނިކޮށްޓެއް ނިމޭނީ އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރެއްވުމުން

ހުސެއިން މަޚްތޫމް
@makhuthoom

ކ. މާލެ 14 އޮކްޓޯބަރ 2019 | ހޯމަ 10:51 4,812

ފެލިދޫ ދ އިރ ގެ މެންބަރު އިބްރ ހީމް ފަޟުލް ރަޝީދު، - މަޖިލިސް

ނުނިމޭކަމަށް ހީކުރައްވާ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ނިމިފައި އިން ކުނިކޮށްޓަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް ޑޮކްޓަރ ހުސައިން ރަޝީދު ހަސަންއާ ސުވާލު ކުރައްވައިފިއެވެ.

މެންބަރު ފަޒުލް ސުވާލުކުރެއްވީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުގެ ގޮތުގައި، ވ. ފުލިދޫގެ ކުނިކޮށި މި އަހަރު ބަޖެޓު ކުރެވިފައިވީއިރު މި މަސައްކަތް ކޮންޓްރެކްޓުގެ އުސޫލުން ބަޔަކާ ޙަވާލުކުރެވޭނެ ތާރީޚެއް އެނގިލައްވާތޯއާ މިއަހަރު މަސައްކަތް ކުރެވެނެ ފެށޭނެތޯ ސުވާލުކުރައްވާފައިވެއެވެ.

މެންބަރު ފަޒުލްގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ހަވާލުކުރުމަށް ނިއު ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރީ 28 ސެޕްޓެންބަރ 2017 ގައި ކަމަށާއި، އެ މަސައްކަތް 28 ސެޕްޓެމްބަރު 2018 ގައި ފެށާފައިވާ ކަމަށެވެ. އަދި އެ އެގްރީމެންޓަށް އިސްލާހުތަކެއް ގެނެސް ހަވާލުކުރެވުނު މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 6 އޮކްޓޯބަރު 2018 ގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ކޮންޓްރެކްޓްގައި 23 ޖުލައި 2018 ގައި ކައުންސިލުން ބިން ދެއްކީމަ، އެގްރީމެންޓްގައި އޮތްގޮތަށް 75 ދުވަސްތެރޭގައި މަސައްކަތް ނިންމަން އޮތް ނަމަވެސް، ބިން ހަވާލުކުރި ދުވަސް ލަސްވުމުން 20 ދުވަސް އިތުރުކުރެވުނު. އަދި 95 ދުވަސް ތެރޭގައި އެއްކޮށް މަސައްކަތް ނިންމާފައިވޭ،"

~ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން

މިނިސްޓަރ ވިދާޅުވީ މުޅި ޕްރޮޖެކްޓްގެ އަގަކީ 1.9 މިލިއަން ރުފިޔާ ކަމަށާއި، މިއަހަރު ތެރޭގައި ބަޖެޓް ކުރެވިފައިވަނީ އެ މަސައްކަތުގެ ރިޓެންޝަން ފައިސާ ކަމަށެވެ. އަދި ކައުންސިލާ ކުނިކޮށި ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2019 ގައި ކަމަށާއި، މެންބަރުން 7 އޮގަސްޓްގައި ސުވާޅު ފޮނުއްވި އިރު މަސައްކަތް ނިންމާފައި ރަށު ކައުންސިލާއި ހަވާލުކުރިތާ 160 ދުވަސް ފަހުން ކަމަށެވެ.

އަދި މި ކަމުގައި މައުލޫމާތު ސާފުކުރުމަށް ވ. ފުލިދޫ ކައުންސިލަށް މިނިސްޓްރީން ގުޅުމުން، އެ ކައުންސިލުގެ ރައީސާ ވިދާޅުވެފައިވަނީ މެންބަރު ފަޒުލް ކައުންސިލަށް ގުޅުއްވާ އެއްވެސް މައުލޫމާތެއް ސާފުކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓަރާއި އިތުރު ސުވާލުކުރުމަށް ދިން ފުރުސަތުގައި މެންބަރު ފަޒުލް ވިދާޅުވީ ކުނިކޮށީގައި ފެންސް ޖެހުމަކުން ނުވަތަ ފުރާޅުގައި ޓިނު ޖެހުމުން ކުނިކޮށްޓެއް ގާއިމު ކުރެވުނީ ނޫން ކަމަށާއި، ކުނިކޮށްޓެއް ނިމޭނީ އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކުރެއްވުމުން ކަމަށެވެ. ނަމަވެސް ފުލިދޫގައި އެފަދަ އެއްވެސް ވަސީލަތެއް ގާއިމު ކުރެވިފައި ނެތްކަމަށް ފަޒުލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް