ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ލުއި ޚަބަރު - ހައުސްފުލް

''ހައުސްފުލް 4'' ގެ ޓްރެއިލަރ ނެރެފި

  • ފިލްމު ރިލީޒް ކުރަނީ އޮކްޓޫބަރު މަހުގައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 28 ސެޕްޓެންބަރ 2019 | ހޮނިހިރު 12:42 1,888

ހައުސްފުލް 4 ގެ ޕޯސްޓަރު - އިންޑިޔާ ޓުޑޭ

ސިލްސިލާކޮށް ނެރެމުންއަންނަ ހެއްވާ މަޖާ ހިންދީ ފިލްމު ސީރީސް ހައުސްފުލްގެ ހަތަރު ވަނަ ފިލްމު ''ހައުސްފުލް 4'' ގެ ޓްރެއިލަރ ނެރެފިއެވެ.

އެ ޓްރެއިލަރ އިން ފެނިގެންދަނީ އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް، ކްރިތީ ސެނޯން، ބޮބީ ޑިއޯލް، ޕޫޖާ ހޭގްގެ އިތުރުން ކްރިތީ ހަރްބަންދާ އެވެ.

އެ ފިލްމުގައި ދައްކުވައިދެނީ މީގެ 600 އަހަރު ކުރީގައި ހިނގާފައިވާ ކަންތައްތަކެވެ. އެގޮތުން ފެނިގެންދަނީ ރަންޖީތް ކިޔާ ރަސްގެފާނަކު އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ ކްރިތީ، ޕޫޖާ އަދި ހަރްބަންދާ އަށް ކައިވެެނިކުރާނެ ފިރިހެނުން ހޯދުމަށް ކުރާ މަސައްކަތެވެ. ފިލްމުން ކްރީތީ އާއި އަކްޝޭ ރައްޓެހިވާއިރު ބޮބީ ރައްޓެހިވަނީ ކްރިތީ ހަރްބަންދާއާ އެވެ. އަދި ޕޫޖާ އާއި ރިތޭޝް ރައްޓެހިވެއެވެ.

އެ ފިލްމުގައި ބާހުބަލީ ފެނިގެން ދިޔަ ރާނާ ދައްގުބަތީއާ ސެކްރެޑް ގޭމްސް ސީރީސް ކުޅެފައިވާ ނަވާޒުއްދީންގެ ފެނިލުމެއް ފެނިގެންދާނެއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ ''ހައުސްފުލް 4'' އަކީ 75 ކްރޯޑުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް