ހޮނިހިރު 21 ސެޕްޓެންބަރ 2019
01 އަތަ
1441 މަހައްރަމް 22
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16
ރާއްޖެ - ކުޑަކުދިންގެ ހިޔާ

ހިޔާއާއި ފިޔަވަތީގެ 179 މުވައްޒަފަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

  • ކުޑަކުދިންގެ ހިޔާގެ 67 މުވައްޒަފު ބައިވެރިވި
  • ފިޔަވަތިގެ 112 މުވައްޒަފުން ބައިވެރިވެފައިވޭ
  • ޖުމުލަ 8 ދާއިރާއަކުން ސެޝަންތައް ކުރިއަށްދޭ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 20 އޯގަސްޓު 2019 | އަންގާރަ 12:25 2,141

ހިޔާއާއި ފިޔަވަތީގެ މުވައްޒަފުންނަށް އަމާޒުކޮށް ބޭއްވި ތަމްރީނުގެ ތެރެއިން - މިނިސްޓްރީ އޮފް ޖެންޑާ

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ 179 މުވައްޒަފަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ހިޔާގެ 67 މުވައްޒަފަކާއި ފިޔަވަތިގެ 112 މުވައްޒަފުން ބައިވެރިވާ މި ޕްރޮގްރާމްގެ މަޤްޞަދަކީ މުވައްޒަފުންގެ ހުނަރުތައް ތަރައްޤީކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

އެގޮތުން 3 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް އަންގާރަ ދުވަހު ފަށާފައިވާއިރު، ޖުމުލަ 8 ދާއިރާއަކުން ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސެޝަންތައް ކުރިއަށްގެންދާ ދާއިރާތައް:

  1. ޕޭރެންޓިންގ ސްކިލްސް
  2. ކެއަރ ވަރކާސް – ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް
  3. ޗައިލްޑް ސައިކޮލޮޖީ އެންޑް ސޯޝަލް ވަރކް ތިއަރީ
  4. ސައިކޯ ސޯޝަލް އެޕްރޯޗަސް
  5. ކޮމިއުނިކޭޝަން ސްކިލްސް އެންޑް ޓޫލްސް
  6. އެޑިޝަނަލް ރެސްޕޮންސިބިލިޓީސް އެންޑް މެނޭޖީރިއަލް ރޯލްސް
  7. މެންޓަލް ހެލްތު އެންޑް ވެލްބީންގ، އިމޯޝަނަލް ހެލްތު އިޝޫޒް
  8. ޑިސްއެބިލިޓީސް އެންޑް ލަރނިންގ ޑިފިކަލްޓީސް

މިނިސްޓްރީން އިތުރަށް ބުނީ، މި ޕްރޮގްރާމްތަކުގައި މަރުކަޒުތަކުގެ ހުރިހައި ފަންތިއެއްގެ މުވައްޒަފުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށާއި، ސެޝަންތައް ނަންގަވައި ދެއްވާނީ އެކަމުގެ ފަންނު ލިބިފައިވާ ފަރާތްތަކުން ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މިނިސްޓްރީން ބުނީ، އޭގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ފިޔަވަތީގައި ދިރިއުޅެމުންދާ ކަމަށާއި، އަދި 12 އަހަރުން މަތީގެ 44 ކުދިން ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށާފައިވާއިރު، ހޯމަ ދުވަހު ކުޑަކުދިންގެ ހިޔާގެ ފަރާތުން ވަނީ ހިޔާ ހިންގުމުގައި ހުރި ދަތިތައް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެފަރާތުން ވަނީ މުވައްޒަފުންގެ ދަތިކަމާއި، މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުމާއި، އިމާރާތުގެ ދަތިކަމުގެ ވާހަކަ ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް