ކ. މާލެ
|
3 ޖުލައި 2019 | ބުދަ 18:29
ކީލިއަން އެމްބާޕޭ
ކީލިއަން އެމްބާޕޭ
ގޫގުލް
ކީލިއަން އެމްބާޕޭ
ޕީއެސްޖީގައި މަޑުކުރާކަން އެމްބާޕޭ ކަށަވަރުކޮށްދީފި
 
އެމްބާޕޭ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ފެށޭ ސީޒަނުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި މަޑުކުރާކަން ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ކަށަވަރުކޮށްދީފިއެވެ.

ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އެމްޕާބޭ ހޯދަން ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައި އޭނާގެ ރަސްމީ ޓުވިޓާގައި ވަނީ ކުރިޔަށް އޮތް ސީޒަނުގައި ޕީއެސްޖީން ބޭނުންކުރާ ޖޯޒީއާއެކު ފޮޓޯއެއް އަޕްލޯޑްކޮށްފައެވެ.

އެގޮތުން އެމްބާޕޭގެ މި ޓުވިޓާއެކު، ކުރިޔަށް އޮތް ސީޒަނުގައި އޭނާ ކުޅޭނީ ޕީއެސްޖީއަށްކަން ވަނީ ކަށަވަރުވެފައެވެ.

އެމްބާޕޭ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޕްރިމިއާ ލީގުގެ ކްލަބްތައްވެސް ހިމެނެއެވެ.

ފްރާންސްގެ މޮނާކޯ އިން ކެރިޔަރު ފެށި އެމްބާޕޭ ވަނީ އެޓީމަށް ކުޅުނު 60 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ އެޓީމާއެކު ފްރާންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯގައި ތިން ސީޒަން ހޭދަކުރުމަށްފަހު، ލޯން އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 63 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފަ އެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފްރާންސް ޓީމަށް 28 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯވެސް ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ ވަނީ ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕް ފްރާންސްއާއެކު ކާމިޔާބުކުރުމުގެ އިތުރުން އެ މުބާރާތުގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް