ކ. މާލެ
|
24 ފެބްރުއަރީ 2017 | ހުކުރު 02:30
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ
ގޫގުލް
މޫސަލް
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
 
އިރާގު ސިފައިންނާ އައިއެސް ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ވަރުގަދަވެފައިވާއިރު ތާށިވެފައި ތިބި އެތައް ހާސް އާއްމުންގެ ރައްކާތެރިކަމާ މެދު ވަނީ ބިރު ހީވެފަ

އިސްލާމިކް ސްޓޭޓް (އައިއެސް)، އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލް ގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއާޕޯޓު ހިފުމަށް ހިންގި އޮޕަރޭޝަނަށް ގަނޑިތަކެއް ނެގިއެވެ. އެއާޕޯޓުގެ ކޮންޓްރޯލް އައިއެސްއަށް ގެއްލުނު ނަމަވެސް އައިއެސް އިން އެއާޕޯޓާ ދިމާލަށް، ސިޓީގެ އެތެރޭގައި ތިބެ، ހަމަލާ ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާގުގެ އިރުމަތީ މޫސަލް، އަސްކަރިއްޔާއިން ވަނީ މިދިޔަ މަހު އަލުން ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

އިރާގު ސިފައިންނާއި އައިއެސް ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ވަރުގަދަވެފައި ވާއިރު ތާށިވެފައި ތިބި އެތައް ހާސް އާއްމުންގެ ރައްކާތެރިކަމާ މެދު ވަނީ ބިރު ހީވެފައެވެ.

ވައިގެ މަގުން ދޭ ހަމަލާތަކުގެ އެހީއާއެކު އިރާގު ސިފައިންގެ އެތައް ސަތޭކަ އަސްކަރީ ވެހިކަލެއް އާދީއްތަ ދުވަހު ވަނީ އައިއެސް ހަނގުރާމަވެރިންގެ ޖަގަހަތަކާ ކައިރިއަށް ޖެހިލާފައެވެ. އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީގައި އިރާގު ސިފައިން އައިއެސްއާ ދެކޮޅަށް ހަމަލާދީ ކުރިހޯދަމުންދާއިރު ހަމަލާތައް ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި