ކ. މާލެ
|
21 އޯގަސްޓް 2018 | އަންގާރަ 18:00
މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު: އެމަނިކުފާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމުގެ ދަރަނި ބޮޑުވުން
މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު: އެމަނިކުފާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެގައުމުގެ ދަރަނި ބޮޑުވުން
އޭއެފްޕީ
ޗައިނާ ލޯނު އެހީ
ގައުމު ބަނގުރޫޓު ވެދާނެތީ މެލޭޝިއާ އިން ޗައިނާގެ މެގަ ޕްރޮޖެކްޓްތަކެއް ކެންސަލްކޮށްފި
 
މެލޭޝިއާގެ ދަރަނި ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރަށް އަރާ

ގައުމު އެއްކޮށް ބަނގުރޫޓުވެދާނެ ކަމުގެ ބިރާއެކު, މެލޭޝިއާގައި ޗައިނާއިން ހިންގަމުންދާ މެގަ ދެ ޕްރޮޖެކްޓެއް ކެންސަލް ކުރުމަށް މެލޭޝިއާގެ ސަރުކާރުން ނިންމައިފިއެވެ. 

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށް ގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރޭގައި ހިމެނޭ މި ދެ ޕްރޮޖެކްޓް ކެންސަލް ކުރެއްވިކަން އިއުލާންކުރެއްވީ މެލޭޝިއާގެ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ މިހާރު ވެސް މެލޭޝިއާގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވުމާ އެކު މި ޕްރޮޖެކްޓްތައް އިތުރަށް ކުރިޔަށް ގެންގޮސްފި ނަމަ ގައުމު އެއްކޮށް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޝީ ޖިން ޕިންއާ ބައްދަލުކުރެއްވިތާ އެއް ދުވަސް ނުވަނީސް މިކަން އިއުލާންކުރައްވަމުން ޑރ. މަހާތީރު ވިދާޅުވީ މެލޭޝިއާއަކީ ބަނގުރޫޓުވެފައިވާ ގައުމެއްގެ ގޮތުގައި ދެކެން ޗައިނާ އިން ވެސް ބޭނުންނުވާނެ ކަމަށާއި މެލޭޝިއާ އަށް ދިމާވެފައިވާ ކަންކަން ޗައިނާއަށް ވެސް އެނގި މި ޕްރޮޖެކްޓްތައް ކެންސަލް ކުރަން ޗައިނާ އިން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

ކެންސަލް ކުރެވުނު ފުރަތަމަ ޕްރޮޖެކްޓަކީ އީސްޓް ކޯސްޓް ރެއިލް ލިންކްގެ ނަމުގައި ދެކުނު ޗައިނާގެ ކަނޑާއި މެލޭޝިއާގެ ހުޅަނގުގައި އޮންނަ ޝިޕިން ލޭން ގުޅުވުމަށް ހިންގަން ރާވަފައި އޮތް ޕްރޮޖެކްޓެކެވެ. އަދި ދެވަނަ ޕްރޮޖެކްޓަކީ މެލޭޝިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ބޯނިއޯގެ ސްޓޭޓެއް ކަމަށްވާ ސަބާހުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައި އޮތް ގުދުރަތީ ގޭސް ޕައިޕްލައިނެއްގެ ޕްރޮޖެކްޓެކެވެ. 

ޗައިނާގެ ރައީސްގެ ސްޕޯކްސްޕާސަން ވިދާޅުވީ ޗައިނާއިން މިފަދަ ބޮޑު ޕްރޮޖެކްޓްތައް އަބަދު ވެސް ހިންގަނީ ގައުމުތަކުގެ އެއްބާރުލުމާ އެކު އެގައުމުތައް ވެސް އެދޭ ގޮތަށް ކަމަށެވެ. މިހެން ހިންގާ ބައެއް ޕްރޮޖެކްޓްތަކުގައި މައްސަލަ ޖެހޭ ކަމަށާއި ގައުމުތަކުގެ ހިޔާލު ބަދަލުވުމަކީ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ވެރިކަމުގައި ޗައިނާއިން ބޮޑު ލޯންތަކެއް ނަގާފައިވާއިރު އެގައުމަށް ދިމާވެފައިވާ ދަރަނީގެ މައްސަލައިގެ އެންމެ އަޑީގައި ވަނީ މިފަދަ ލޯންތަކެވެ. މެލޭޝިއާގެ ދަރަނި ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރަށް އަރައެވެ. 

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާ އިން ގެންދަނީ ގިނަ ގައުމުތަކެއްގައި ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ. އަދި ބޮޑެތި ލޯނުތައް ގައުމުތަކަށް ދީ އެ ގައުމުތައް ދަރަނިވެރިކުރުވަމުންނެވެ. އެގޮތުން ޗައިނާ އިން ވަނީ ރާއްޖެ އަށް ވެސް ބޮޑެތި ލޯނުތަކެއް ދޫކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާގެ ލޯނު އެހީގެ ދަށުން ހަދަމުން އަންނ ބްރިޖް ހިމެނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
10%
30%
10%
50%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި