ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 13:20
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކޮށް ބައިނަލްއަގްވާމީ ގޮވާލުންތަކަށް ބީރުކަންފަތެއް ދެމުން
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކޮށް ބައިނަލްއަގްވާމީ ގޮވާލުންތަކަށް ބީރުކަންފަތެއް ދެމުން
އޭޝިއަން ކޮރެސްޕޮންޑެންޓް
އުތުރު ކޮރެއާ
އެމެރިކާ އިން ވަނީ އުުތުރު ކޮރެއާ އާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި: އުތުރު ކޮރެއާ
 
ދާދިފަހުން އެމެރިކާގެ ހަނގުރާމައިގެ މަތިންދާ ބޯޓުތައް ވަނީ އުތުރު ކޮރެއާގެ އަށްސޭރިފަށާ ގާތުން އުދުހިފައި

 

އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވާ  ކަމަށާއި އެމެރިކާގެ ބޮން އަޅާ މަތިންދާ ބޯޓުތައް ވައްޓާލުމުގެ ހައްގު އުތުރު ކޮރެއާ އަށް ލިބިގެންވާ  ކަމަށް އުުުތުރު ކޮރެއާ އިން ބުނެފިއެވެ. 

އުތުުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮން-ހޯ އިތުރަށް ވިދާޅުވީ އެމެރިކާގެ ބޮން އަޅާ މަތިންދާ ބޯޓުތައް ދަތުރު ކުރަނީ އުުތުރު ކޮރެއާގެ ވައިގެ ސަރަހައްދުން ނޫން ކަމަށް ވިޔަސް އެ ބޯޓުތައް ވައްޓާލުމުގެ ހައްގު އުުތުރު ކޮރެއާ އަށް އޮންނާނެ ކަމަށެވެ. ރީ ޔޮން-ހޯ އދ ގެ ޖެނެރަލް އެސެމްބްލީ އަށް، އެމެރިކާގެ ނިއު ޔޯކް އަށް ވަޑައިގަތުމަށް ފަހު ފުރާވަޑައިގަތުމުގެ ކުރިން ރިޕޯޓަރުންނަށް ވިދާޅުވީ "މުޅި ދުނިޔެ ހަނދާން ކުރަން ޖެހޭނެ ކަމަކީ އުތުރު ކޮރެއާ އާ ދެކޮޅަށް ފުރަތަމަ ހަނގުރާމަ އިއުލާން ކުރިީ އެމެރިކާ އިން ކަމަށެވެ." 

އުތުުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮން-ހޯ މިމޭރުމުން ވާހަކަފުޅު ދެއްކެވީ އުުތުރު ކޮރެއާގެ "ލީޑާޝިފް މާގިނަ ދުވަހެއްވަންދެން ނުއޮންނާނެ" ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ. 

ދާދިފަހުން އެމެރިކާގެ ހަނގުރާމައިގެ މަތިންދާ ބޯޓުތައް ވަނީ އުތުރު ކޮރެއާގެ އައްސޭރިފަށާ ގާތުން އުދުހިފައެވެ. 

އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅާއި ގުޅިގެން ވައިޓް ހައުސް އިން ބުނެފައި ވަނީ އުތުުރު ކޮރެއާގެ ވާހަކަތަކަކީ "ހަމަނުޖެހޭ މޮޔަ" ވާހަކަތަކެއް ކަމަށެވެ. އަދި އެމެރިކާގެ ޕެންޓަގަން އިން ބުނެފައި ވަނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ވާހަކަ ހުއްޓާލުމަށް އުުުތުރު ކޮރެއާ އަށް ގޮވާލާ ކަމަށެވެ. އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅާއި ގުޅިގެން އދ ގެ ތަރުޖަމާނު ވިދާޅުވީ "ރުޅިވެރިކަމުގެ ވާހަކަތަކުގެ ސަބަބުން" ވަރަށް ނުރައްކާތެރި އޮޅުންތައް އަރާނެ ކަމަށެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އުތުރު ކޮރެއާގެ އަމަލުތަކާ ހެދި ބައިނަލްއަގްވާމީ ދުނިޔެއާއި އެގައުމާމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
26 ސެޕްޓެންބަރ 2017 | އަންގާރަ 17:01
Abdul Razzaq(މާދަމާ)
އުތުރު ކޮރެޔާއާ ދެކޮޅައް އިސްވެ ހަނގުރާމަ ފެށިކަން އިއުލާންކޮށް އޭގެފަހުން އުތުރު ކޮރެޔާއާ ކާރިހިސާބެއް ބޭނުން ކޮއްގެން ހަނގުރާމަމަތީ ތަމްރީންތައްކޮއް އަދި އުތުރު ކޮރެޔާގެ ސަރައްދު ރޮނގުކައިރީ ބޮންއަޅާބޯޓް ފަހަރުދުއްވުމުން އަސްކަރީގޮތުން އުތުރު ކޮރެޔާގެ ދިފާއުގައި އެފަދަ މަސައްކަތްތައް ހިންގާ ފަރާތްތަކާމެދު އަސްކަރީ ފިޔަވަޅުއެޅުން މަނާކުރާޤާނޫނެއް ވާނަމަ އެފަދަ ޤާނޫނަކުން ދުނިޔޭގެ އަމާންކަން ނަގާލުމައް އިތުރު ހިއްވަރުލިބި ޤައުމުތަކުގެ މެދުގައި ބިރުވެރިކަން އިތުރުކުރުވަނިވި ކަމެކެވެ. ވީމާ މިފަދަ ޤާނޫނެއްގެ މަފްހޫމްއަކީ ވަކިބަޔަކު ބޭނުންވާގޮތަކައް ކަންކުރުމެވެ
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި