ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 08:23
ދިޔާ މިރްޒާ
ދިޔާ މިރްޒާ
ގެޓީ އިމޭޖަސް
ދިޔާ މިރްޒާ
ބްރޭކަށްފަހު ފިލްމު ކުޅެން އުޅުމުން ޖެހިލުންވި: ދިޔާ މިރްޒާ
 
ދިޔާ މިހާރު ކުރަމުންދާ މަސައްކަތަކީ "ޔުނައިޓެޑް ސަންޖޭ ދަތު ބަޔޯޕިކް" ގެ މަސައްކަތް

ބްރޭކަށްފަހު ފިލްމު ކުޅެން އުޅުމުން ޖެހިލުންވި ކަމަށް ބޮލީވުޑްގެ ތަރި ދިޔާ މިރްޒާ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ އައިއޭނެންއެސް އަށް ދިން އިންޓަވިއުއެއްގައެވެ. ދިޔާ ބުނީ އޭނާ ފިލްމު ނުކުޅެ ދެ އަހަރު ވެފައިވާކަމަށާއި އޭގެ ފަހުން ފިލްމު ޝޫޓް ކުރަން އުޅުމުން އޭނާ ވަރަށް ޖެހިލުންވެ ހިތް ބިރުގެންފައިވާކަމަށެވެ.

އެހެން ނަމަވެސް އޭނާ ޝޫޓިން ފެށުމުން އެކަންތައް ހަމައަކަށް އެޅުނު ކަމަށް ދިޔާ ބުންޏެވެ.

އަދި އޭނާއަށް އެންމެންގެ ފަރާތުންވެސް ހިތްވަރު ލުބުނު ކަމަށާއި ސަޕޯޓް ލިބުނު ކަމަށް ދިޔާ ބުންޏެވެ.

 ދިޔާ އެންމެ ފަހުން ސިނަމާތަކުން ފެނިފައިވަނީ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ސަލާމް މުމްބާއި" އިން 2016 ވަނަ އަހަރުގައެވެ.

ދިޔާ މިހާރު ކުރަމުންދާ މަސައްކަތަކީ "ޔުނައިޓެޑް ސަންޖޭ ދަތު ބަޔޯޕިކް" ގެ މަސައްކަތެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކުރާ މިފިލްމުގައި ދިޔާގެ އިތުރުން ފެނިގެންދާނީ ރަންބީރު ކަޕޫރާއި ޕަރޭޝް ރަވަލް އަދި މަނިޝާ ކޮއިރަލާއެވެ.  ޚަބަރުތައް ބުނާގޮތުގައި ސަންޖޭ ދަތުގެ ބަޔޯޕިކްގައި ސަންޖޭގެ ރޯލުން ފެންނާނީ ރަންބީރު ކަޕޫރެވެ. މި ފިލްމުގައި ދިޔާ އަކީ ސަންޖޭގެ އަންހެނުންނެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް