ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 20:54
ގެފުޅުގެ އުރަކޮޅުގެ ތިރީބައި މައްޗަށް ނަގާފައި - މިއީ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ކުރާ ކަމެއް
ގެފުޅުގެ އުރަކޮޅުގެ ތިރީބައި މައްޗަށް ނަގާފައި - މިއީ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ކުރާ ކަމެއް
ސައުދީގެޒެޓް
ހައްޖު 1438
ގެފުޅުގެ އުރަކޮޅުގެ ތިރީ ބައި މައްޗަށް ނަގައިފި
 
މިއީ ހައްޖު މޫސުމުގައި އުރަކޮޅަށް ގެއްލުން ލިބޭތީ ކުރާ ކަމެއް

ގެފުޅުގެ އުރަކޮޅު (ކިސްވާ) ގެ ތިރިން ތިން މީޓަރެއް ހާ ތަން މައްޗަށް އުފުލާލައިފިއެވެ. އުރަކޮޅުން އުފުލާލި ބައިން ގެފުޅުން ހާމަވި ބައި ނިވާކުރުމަށް ބޭނުން ކޮށްފައިވަނީ ކޮޓަން ހުދުފޮއްޗެވެ. ނަމަވެސް ހުދު ފޮތިން ނިވާކޮށްފައިވަނީ ގެފުޅުގެ ފާރުތަކުން ހާމަވިބައިން މުޅިން ނިވާ ކުރުމުގެ ބަދަލުގައި ދެ މީޓަރު ހާ ތަން ފޮރުވޭ މިންވަރަށެވެ.

ގެފުޅުގެ އުރަކޮޅުގެ ތިރީބައި އުފުއްލާލުމަކީ ކޮންމެ އަހަރަކުވެސް ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ކުރާ ކަމެކެވެ.

ގެފުޅުގެ އުރަކޮޅުގެ ތިރީބައި މައްޗަށް ނަގަނީ، ހައްޖުގެ ތެރޭގައި އުރަކޮޅަށް ގެއްލުމެއް ވިޔަ ނުދިނުމުގެ ގޮތުންނެވެ.

ގެފުޅުގެ އުރަކޮޅުގެ ކަންކަން ބަލަހައްޓާ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޯ ފަ ކައުބާ ކަވަރ ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ބަޖޫދާ ސައުދީ ނޫހެއް ކަމަށްވާ ސައުދީ ގެޒެޓަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއީ ގެފުޅުގެ އުރަކޮޅަށް ގެއްލުމެއް ލިބުމުން ސަލާމަތް ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ކަމުގައެވެ. ހައްޖަށް އަންނަ މީހުންގެ ތެރޭގައި ގެފުޅުގެ އުރަކޮޅުގައި އަތްލުމަށް ޝައުގުވެރިވާ މީހުން ވަރަށް ގިނަ ކަމަށާއި، އޭގެ ސަބަބުން އުރަކޮޅަށް ގެއްލުން ލިބޭ ކަމަށެވެ.

ހައްޖަށް ދާ ބައެއް މީހުން އުރަކޮޅުން ތަންތަން ކަފައިގެން ގެންދާކަން ވެސް މީގެ ކުރިން ފާހަގަ ވެފައިވެއެވެ.

ގެފުޅުގެ އުރަކޮޅު ކުރިން ހުންނަ ގޮތައް ތިރިކުރާނީ ހައްޖު މޫސުން ނިމުންނެވެ.

ގެފުޅުގެ އުރަކޮޅު އުފުލާ މަންޒަރު ބައެއް މީހުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައިވެސް ދައުރުކޮށްފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި