ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 08:23
އެމީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި
އެމީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި
ސަން އޮންލައިން
މަސްތުވާތަކެތީގެ މައްސަލަ
ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި
 
ފަރުވާދެމުން އަންނަނީ ދިވެހި ފިރިހެނަކަށް

ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވާލައިގެން އުޅުނު މީހަކު ހާލު ދެރަވެގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި މި މީހާއަކީ އަންގާރަ ދުވަހުގެރޭ މާާލެތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް، ތުުހުމަތުކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ. މި މީހާއަކީ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މީހާގެ އާއިލާއަށް މިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް