ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 13:37
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ
އެމްޑީޕީ ކެމްޕެއިން
އެތައް މަޤާމެއް އިތުރުކޮށް މުސާރަތައްވެސް އެ ދެވެނީ ފައިސާ ހުރެގެން، މަޝްރޫއުތައްވެސް ހިންގެން ޖެހޭނެ: ރައީސް ސާލިހު
 
މުސާރައަށް ކުރާ ހޭދައާއި، ހިންގުމުގެ ހޭދަ މިދިޔަ 2023 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ދުވަހާއި އަޅާބަލާއިރު އެތައް ގުނައެއް އިތުރު
 
މައްސަލައަކީ މިއަދުގެ ސަރުކާރުން ދައްކާ ވާހަކައާއި ކުރާ ކަންކަން ދިމާނުވާތީކަމަށް ރައީސް ސާލިހު ވިދާޅުވި

މި ސަރުކާރުގެ ބަހާއި އަމަލު ދިމާވާންޖެހޭކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

ބުދަ ދުވަހުގެ ރޭ ފުވައްމުލަކު މެދު ދާއިރާގައި ބޭއްވި އެމްޑީޕީގެ މިސްރާބު ހަމަ މަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ، ވަޒީފާއެއް އާއިލާތަކަށް ދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އެހެންނަމަވެސް، މައްސަލައަކީ މިއަދުގެ ސަރުކާރުން ދައްކާ ވާހަކައާއި ކުރާ ކަންކަން ދިމާނުވާތީކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ކުންފުނިތައް ބަޖުރޫޓު ވެފައި އޮތް ވާހަކައާއި، ސަރުކާރުގައި ފައިސާ ނެތް ވާހަކަ ދައްކާއިރު، އަނެއް ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނަކަށް ވަޒީފާ ދޭތީ އެ ވާހަކައިގެ ދެކޮޅު ނުޖެހޭކަން ރައީސް ސާލިހު ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހު ވަނީ މުސާރަތައްވެސް އެ ދެވެނީ ފައިސާ ހުރެގެންކަން ފާހަގަ ކުރައްވައި، މަޝްރޫއުތައްވެސް ހިންގެން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ހޭދައާއި، ހިންގުމުގެ ހޭދަ މިދިޔަ 2023 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ދުވަހާއި އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެފައިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އަދި އެކަންކަމަކީ ހަމަ މަގަށް އަޅުވަންޖެހޭ ކަންކަން ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ފައިސާ ހުރެގެން މުސާރަ ދެވޭނީ، ސަރުކާރުގައި މިހާރު ވަރަށް ސާފުކޮށް އެބަ އެނގޭ. ސިޔާސީ މަގާމުތައް 1500ށް ވުރެ މައްޗަށް އަރައިގެން ހިނގައްޖެ. މިވަނީ ބޮޑުވެގެން ގޮސްފައި. މިއީ ހަމަ މަގަށް އަޅުވަންޖެހޭ ކަމެއް. ކީއްވެގެންތޯ ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ނުހިންގިގެން މިއުޅެނީ. ފައިސާ ހުރީމަތާ އިތުރު ވަޒީފާތައް އުފައްދައިގެން މުސާރަ މިދެވެނީ. ފައިސާ ހުރީމަތާ ސަރުކާރު ހިންގުމުގައި ރިކަރަންޓް ހަރަދު ބޮޑުވެގެން މިދަނީ. ދައްކާ ވާހަކައާއި އަމަލާ ޖެހޭ ދިމާވާން.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު

ރައީސް ސާލިހު ވަނީ މި ސަރުކާރުގެ ބަހާއި އަމަލު ދިމާވާންޖެހޭކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު