ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 04:04
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ޕޮޗެޓީނޯ އަށް ކުރެވެނީ، ރަނގަޅު ގުޅުމެއް އުފެދޭކަމުގެ އިޙުސާސް
 
މިއީ ޗެލްސީއާ އޭނާ ހަވާލުވީ ފަހުން، އެ ފަދަ އިޙުސާސެއް ކުރެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފައި

ޗެލްސީގެ ސަޕޯޓަރުންނާމެދު ރަނގަޅު ގުޅުމެއް އުފެދޭ ކަމުގެ އިޙުސާސް ކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ޔުނައިޓެޑު ބަލި ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ފަހުން ވެސް، އެ ޓީމުގެ ނަތީޖާތައް ދަށްވާތީ އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ. އެގޮތުން ޗެލްސީ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް އަމާޒުވެ، ޕްރެޝަރު ބޮޑުވެ އެވެ.

ޕޮޗެޓީނޯ ބުނީ، ޗެލްސީ ސަޕޯޓަރުންނާ އެކު ރަނގަޅު ގުޅުމެއް އުފެދޭ ކަމުގެ އިޙުސާސް މިހާރު އޭނާ އަށް ކުރެވެން ފަށައިފި ކަމަށެވެ. އަދި މިއީ ޗެލްސީއާ އޭނާ ހަވާލުވީ ފަހުން، އެ ފަދަ އިޙުސާސެއް ކުރެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ފާއިތުވެގެން ދިޔަ 20 އަހަރާ އަޅާބަލާއިރު، މިހާރު ޗެލްސީން ކުރިއަށް ގެންދަނީ ވަރަށް ތަފާތު ޕްރޮޖެކްޓެއް ކަމަށެވެ. ޚާއްސަކޮށް ޒުވާން ކުޅުންތެރިންނާއެކު ޗެލްސީން ކުރަމުން އަންނަނީ ވަރަށް ރަނގަޅު އަދި މުސްތަޤުބަލު އުޖާލާ މަސައްކަތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ޕޮޗެޓީނޯ ބޭނުން ވަނީ، ޗެލްސީއާ ގުޅުން ހުރި އެންމެނާ އެކު ވެސް ބާއްވަން ބޭނުން ވަނީ ވަރަށް ރަނގަޅު ގުޅުމެއް ކަަމަށެވެ. އެ ގުޅުމަކީ ހަމައެކަނި ޗެލްސީގެ ބެޖަށް ދޮން ދީގެން އުފައްދަން ޖެހޭ ގުޅުމެއް ނޫން ކަމަށާއި، އެއީ ވަރަށް މަސައްކަތާއި، ނަތީޖާ އިން އުފެދޭނެ ގުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު ޗެލްސީ އޮތީ ލީގު ތާވަލްގެ 10 ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. 29 މެޗުގެ ތެރެއިން ޗެލްސީ މޮޅުވެފައި ވަނީ 12 މެޗުންނެވެ. 10 މެޗުން ބަލިވެފައިވާއިރު، ހަތް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް