ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 04:28
ޗެލްސީގެ ކޯލް ޕަލްމާ ލަނޑު ޖެހުމުން އުފާ ފާޅުކުރަނީ
ޗެލްސީގެ ކޯލް ޕަލްމާ ލަނޑު ޖެހުމުން އުފާ ފާޅުކުރަނީ
ޑެއިލީ މެއިލް
ޕްރެމިއާ ލީގް
ކޯލް ޕަލްމާ ހެޓްރިކް ހަދައި ޗެލްސީން ޔުނައިޓެޑް ރޮއްވާލައިފި
 
އަހަރެން މިހުރީ ވަރަށް އުފަލުން: ޕޮޗެޓީނޯ

ފަހު ދެ މިނެޓު ތެރޭގައި ކޯލް ޕަމްލާ ޖެހި ދެ ލަނޑާއެކު އޭނާ ހެޓްރިކް ހެދި މެޗުގައި 4-3އިން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ޗެލްސީ ކުރި ހޯދައިފި އެވެ.

މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ޗެލްސީ އެވެ. އެއީ ހަތަރުވަނަ މިނެޓުގައި ގަލަގާ ޖެހި ގޯލާއި 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޯލް ޕަލްމާ ޖެހި ގޯލުންނެވެ. މިއަށްފަހު ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ޖެހީ ގަނާޗޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ޖެހި ގޯލުން މެޗު އެއްވަރުވެފައި އޮއްވައި ގަނާޗޯ ލީޑް ހޯދައިދިނީ 67 ވަނަ މިނެޓުގަ އެވެ.

ޗެލްސީ މޮޅުވީ 90 މިނެޓު ހަމަވެގެން އިތުރަށް ކުޅުނު 12 މިނެޓުގައި ކޯލް ޕަލްމާ ޖެހި ދެ ގޯލުންނެވެ. އޭނާގެ ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގަ އެވެ.

ފަހު ގޯލު ޖެހުނީ ކިހިނެއް ކަމެއްވެސް ނޭނގެ. 3-3އިން އެއްވަރުވުމުން ކޯޗު ގޮވާލާފައި ބުނީ ބާކީ އޮތީ ދެ މިނެޓޭ. ހިތްވަރުކޮށްލާށޭ. މިއީ އަހަރެންގެ ފުރަތަމަ ހެޓްރިކް، ހެޓްރިކަކީ ހެޓްރިކެއް. އެކަމާ އުފާކުރަން،"
ޕަލްމާ

ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުން ޗެލްސީ މޮޅުވުން ހައްގު ކަމަށާއި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

އަހަރެން ވަރަށް އުފާވެއްޖެ. އަހަރުމެން މި މެޗުން މޮޅުވުން ހައްގު. އަހަރުމެން މޮޅަށް ކުޅުނިން. އެމީހުން ވެސް މޮޅަށް ކުޅުނު. އެކަމަކު މުޅި މެޗަށް ބަލާއިރު އަހަރުމެންނަށް މޮޅުވެވެންޖެހޭ މެޗެއް މިއީ. އަހަރުމެން މެޗު ފެށީ ރަނގަޅަށް. ޔުނައިޓެޑް ކޮޅަށް ވަދެފައި އެވަނީ އާއްމުކޮށް ވަންނަ ފަދަ ގޯލުތަކެއްނޫން
ޕޮޗެޓީނޯ

މި މެޗުން މޮޅުވުމުން ޗެލްސީ މިވަގުތު އޮތީ 43 ޕޮއިންޓާއެކު 10 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 48 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް