ކ. މާލެ
|
14 މާރޗް 2024 | ބުރާސްފަތި 13:31
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް
ރާއްޖެއެމްވީ
ކެޓް ޝެލްޓަރ
ކެޓް ޝެލްޓަރ ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކޮށްފި
 
މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮތީ 17 މާރޗު ގައި
 
މަސައްކަތަށް އަގު ހުށަހެޅުން އޮތީ 20 މާރޗު 2024 ގެ 11:00 ގައި

 ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ކެޓް ޝެލްޓަރ އެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އަލުން ބީލަމަށް އެ މަސައްކަތް ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން މި މަސައްކަތް އަލުން ބީލަމަށް ހުޅުވާލީ ކުރިން ކުރި އިޢުލާނުގެ މައުލޫމާތަށް ބަދަލެއް ގެންނަންޖެހުމާއިގުޅިގެންކަމަށް އެ ކައުންސިލުން ބުނެއެވެ.

ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ކެޓް ޝެލްޓަރ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު، މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮތީ 17 މާރޗު 2024 ގެ 11:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މަސައްކަތަށް އަގު ހުށަހެޅުން އޮތީ 20 މާރޗު 2024 ގެ 11:00 ގައެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް