ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 12:23
މި މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު
މި މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު
ރާއްޖެއެމްވީ
72 ކިލޯ ޑްރަގް ކޭސް
އިރުފާން ބަންދުން ދޫކޮށްލި މައްސަލައިގައި ދެން އޮންނާނީ ޙުކުމް
 
އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ ގޮތްތަަކެއް ސާފުވެފައި އޮންނަންޖެހޭކަމަށް ދައުލަތުން ބުނޭ
 
ފަނޑިޔާރުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ކުރައްވައި، އެ ސުވާލުތަކަށް ދެފަރާތުން ޖަވާބުދީފައިވޭ

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށްކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގައި ބާއްވާ 2 ވަނަ އަޑުއެހުމެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވިއަޑުއެހުމުގައިދައުލަތުން އިސްތިއުނާފީ ނުކުތާތައް ހުށަަހަޅާފައިވާއިރު، އިރުފާންގެ ވަކީލުވެސް ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދީފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުުމުގައި ވަނީ ފަނޑިޔާރުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް ކުރައްވައި، އެ ސުވާލުތަކަށް ދެފަރާތުން ޖަވާބުދީފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އިރުފާނުގެ ވަކީލު އިސްތިއުނާފީ ނުކުތާތަކަށް ދިން ޖަވާބާއި ގުޅިގެން ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ޝަރީއަތް ނިމެންދެން ބަންދު ކުރެވޭ ގޮތްތަަކަކާއި، ތަހުވީލު ކުރެވޭ ގޮތްތަކަކާއި، ތަހުވީލުނުކޮށް އަލުން ހުށަހެޅޭ ޙާލަތްތަކެއްވެސް ސާފުވެފައި އޮންނަންޖެހޭ ކަމަށެވެ.

މި އަޑުއެހުމުގައި ޚުލާސާ ގޮތެއްގައި ދެފަރާތުންވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ފަނޑިޔާރުން ވަނީ ދެއްވާފައެވެ.

ފަނޑިޔާރުން ވިދާޅުވީ، ދެން އޮންނާނީ މި މައްސަލައިގެ ގޮތެއް ކަނޑައެޅުއްވުމަށް ބާއްވަވާ އަޑުއެހުން ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް