ކ. މާލެ
|
11 މާރޗް 2024 | ހޯމަ 11:58
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި
ވާރޭ ވެހުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިމާރާތަށް އިތުރު ގެއްލުންތަކެއް ވަނީ ލިބިފައި
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު
ސަރވަރ ރަނގަޅުކޮށް، ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް ޝަރީއަތްތައް އަލުން ފަށައިފި
 
އެންމެ ފަހުން މާލެއަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށް އެކި ކަހަލަ ގެއްލުންތައް ވަނީ ވެފައި
 
އެގޮތަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން

ކްރިމިނަލް ކޯޓަށް ފެނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ގިނަ ޝަރީއަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، މިހާރު އަނެއްކާވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ ޝަރީއަތްތައް ފެށުމަށް ނިންމައިފިއެވެ.

އެންމެ ފަހުން މާލެއަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށް އެކި ކަހަލަ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ކޯޓުގެ ސާވަރ ރޫމަށްވެސް ފެނުގެ އަަސަރުކޮށްފައިވާއިރު، ކޯޓުގެ ގިނަ އަޑުއެހުންތަކެއް ދިޔައީ ކެންސަލްވަމުންނެވެ.

އަދި ޝަރީއަތްތައް ނުހިންގޭ ވަރަށް އިމާރާތަށް ގެއްލުންވެފައިވާތީ، ޝަރީއަތްތައް ހިންގުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުންވެސް އޮތީ ހުއްޓާލާފައެވެ.

އެހެންކަމުން ޖެނުއަރީ 15ން ފެށިގެން، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކާއި ގިނަ ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ މައްސަލައިގެ އެންމެހައި ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެންނެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ކްރިމިނަލް ކޯޓުން ބުނީ، އެ ކޯޓުގެ ސަރވަރ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން 11 މާރޗުވާ ހޯމަ ދުވަހުން ފެށިގެން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި، ޝަރީއަތުގެ އަޑުއެހުންތައް އާންމު އުސޫލުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

އެގޮތަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުންނެވެ.

އޭގެ އިތުރުން، ޝަރީއަތްތައް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށްވެސް މިހާރު އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާކަމަށްވެސް ކޯޓުން މައުލޫމާތުދެއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރި ތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއެމްވީން ސުވާލުކޮށްލުމުން ދާދި ފަހުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކޯޓުގައި ހުރި ޝަރީއަތް ކުރާ މާލަންތަކުގެ ތެރެއިން މިހާރު ބޭނުން ކުރެވޭ ޙާލަތުގައި ހުރީ 2 މާލަން ކަމަށާއި، އޭގެ ތެރެއިން 1 މާލަން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކަށް ޚާއްސަކުރަން ޖެހޭކަމަށެވެ.

އެހެންކަމުން ކޯޓުގެ އެކި ސެކްޝަންތަކުގައި ތިއްބަވަ 11 ގާޒީން ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް ހުރީ އެންމެ މާލަމެއްކަަމަށް އޭނާ އޭރު ވިދާޅުވެފައިވެއެވެ.

މިމައްސަލަ ހައްލުކޮށް ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހަމަޖައްސައިދިނުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު، އެ ޒިންމާ އަދާކޮށް، ކޯޓުގެ ވަސީލަތްތައް ރަނގަޅުކޮށްދިނުމަށް ދާދި ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް