ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 05:54
ޗެލްސީ އަށް ކުޅެމުން އަންނަ ރަހީމް ސްޓާލިން
ޗެލްސީ އަށް ކުޅެމުން އަންނަ ރަހީމް ސްޓާލިން
ރޮއިޓާސް
ޗެލްސީ
އަލް ޙިލާލަށް ބަދަލުވާން، ސްޓާލިން މަޝްވަރާއެއް ނުކުރޭ
 
މީގެ އިތުރުން ސްޓާލިންގެ ހަމައެކަނި ފޯކަސް އޮތީ ޗެލްސީ އަށް ކަމަށާއި، އޭނާ ހުންނާނީ ޗެލްސީގައި ކަމަށް ވެސް ބުނެފައިވޭ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ރަހީމް ސްޓާލިން، ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލަށް ބަދަލުވާން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް، އޭނާގެ ގާތް މީހަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު، ސްޓާލިން ޗެލްސީ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައި އޮތީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް، ޗެލްސީ ދޫކޮށް ސްޓާލިއަން އަލް ޙިލާލަށް ބަދަލުވާން އުޅޭ ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ އެ ކުލަބުގެ ފަރާތުން އޭނާ އަށް ލިބުނު ހުށަހެޅުމެއްގެ ދަށުން ކަމަށް ވެސް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާއަކާ ވާހަކަ ދައްކަމުން ސްޓާލިންގެ ގާތް މީހަކު ބުނެފައި ވަނީ، އަލް ޙިލާލާ ގުޅޭ އެއްވެސް މަޝްވަރާއެއް ސްޓާލިން ނުކުރާ ކަމަށެވެ. އަދި އެ ކުލަބަށް ބަދަލުވުމެ އެއްވެސް ވިސްނުމެއް ސްޓާލިން ނުގެންގުޅޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސްޓާލިންގެ ހަމައެކަނި ފޯކަސް އޮތީ ޗެލްސީ އަށް ކަމަށާއި، އޭނާ ހުންނާނީ ޗެލްސީގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓާލިން އަކީ ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 69 މެޗުން 17 ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ސްޓާލިން ވަނީ އަށް ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް