ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 01:46
ޗެލްސީގެ ކޯޗު މައުރިސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރިސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ޕޮޗެޓީނޯ މިސާލު ނެގީ، ކްލޮޕަށް ތަށި ނުލިބިދިޔަ ދުވަސްވަރުން
 
އޭނާ ބުނީ ލިވަޕޫލްގައި ތައްޓެއް ނުހޯދި، ކްލޮޕް ހަތަރު އަހަރު ހޭދަ ކުރި ކަމަށް

ކޮންމެ ޓީމަކަށް ވެސް ވަގުތު ބޭނުންވާނެ ކަމަށް ބުނެ، ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނީ، ލިވަޕޫލް އަދި ޔާާގަން ކްލޮޕް މިސާލަކަށް ނަގައިފި އެވެ.

އޭނާ މިހެން ބުނީ، ދާދި ފަހުން ކުޅުނު ކަރަބޯ ކަޕްގެ ފައިނަލާ ގުޅުވައިގެންނެވެ. ޕޮޗެޓީނޯ ބުނީ، ފައިނަލުން ބަލިވުމުން އޭނާ ވެސް އަދި ކުޅުންތެރިން ވެސް ތިބީ ދެރަވެފައި ކަމަށެވެ. ޚާއްސަކޮށް ޗެލްސީ އަކީ މޮޅުވުމުގެ ރޫޙެއް އޮތް ޓީމެއް ކަމަށާއި، ޗެލްސީ އަށް މޮޅުވެވެން ޖެހޭނެކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ލިވަޕޫލްގައި ތައްޓެއް ނުހޯދި، ކްލޮޕް ހަތަރު އަހަރު ހޭދަ ކުރި ކަމަށެވެ. އެހެން ނަމަވެސް، ލިވަޕޫލްގެ އިސްވެރިން، ސަޕޯޓަރުން އަދި ކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓު ކްލޮޕަށް ލިބެމުން ދިޔަކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އޭގެ ނަތީޖާ އަކީ މިއަދު ލިވަޕޫލް އޮތް ހިސާބަށް އައުން ކަމަށާއި، ލިވަޕޫލް އާއި ކްލޮޕަށް އެކަން ޙައްގު ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ އަބަދު ވެސް އޭނާ ހުންނާނީ ކުޅުންތެރިންގެ ފަޅީގައި ކަމަށެވެ. އަދި ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކާނެ ކަަމަށާއި، ކުޅުންތެރިން ކަންކަމަށް ކުރިމަތިލާން ހިތްވަރު ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ވަގުތާއެކު މަސައްކަތްކޮށް، ކުރިއަށް ދެވޭނެ ހިތްވަރު ޗެލްސީގެ ކުޅުންތެރިންގެ ކިބައިގައި އެބަ ހުއްޓެވެ.

މި ސީޒަންގައި ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާތީ، ޕޮޗެޓީނޯ އަށް ޕްރެޝަރު ބޮޑުވެ ފާޑުކިޔުން ވެސް ބޮޑުވެ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީން މިހާތަނަށް 25 މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ އެންމެ 10 މެޗުންނެވެ. ފަސް މެޗު އެއްވަރުވެފައިވާއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ. މިހާތަނަށް ލިބުނު 35 ޕޮއިންޓާއެކު ޗެލްސީ އޮތީ ވެސް 11 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
100%
ކޮމެންޓް